Adhureyge agu bodu flat thakuge massala adhives annanee review kuramun: ACC
image
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ސަން އޮންލައިން
ހައްވާ މުހައްމަދު
1 ކޮމެންޓް
 

އަދުރޭގެ އަގު ބޮޑު ފްލެޓްތަކުގެ މައްސަލަ އަދިވެސް އަންނަނީ ރިވިއުކުރަމުން: އޭސީސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ދެކަނބަލުން ނުވަ މިލިއަން ރުފިޔާ އަށް "ރެހެންދި-6" އިން ދެ ފުލެޓް ބައްލަވައިގަތް މައްސަލަ އަދިވެސް އަންނަނީ ރިވިއުކުރަމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.
އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ބައްލަވައިގަތް މައްސަލަ ތަހްގީގްކުރަން ފަށާފައިވާ ކަމަށް އޭސީސީން ބުނެފައިވަނީ 22 މާޗް 2018 ގައެވެ.

އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ބައްލަވައި ގަތް މައްސަލައިގެ ތަހްގީގް ކުރިއަށް ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސީއެންއެމްއިން ސުވާލުކުރުމުން، އޭސީސީން ބުނެފައި ވަނީ، އެ މައްސަލަ ރިވިއުކުރަމުން އަންނަ ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރު ތަހްގީގް ފަށާފައިވާ ކަމަށް ބުނެފައިވާ މައްސަލައެއް އަނެއްކާ ރިވިކުރަނީ ކީއްވެގެންތޯ ސީއެންއެމްއިން ސުވާލުކުރުމުން އޭސީސީން ބުނެފައި ވަނީ، ބައެއް މައްސަލަތަކުގެ ތަހްގީގް ފެށުމަށް ފަހު، ތަހްގީގްގެ ވަކި ހިސާބަކުން އަނެއްކާވެސް އެ މައްސަލަ އެއްކޮށް ރިވިއުކޮށް ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

އޭސީސީއިން މި މައްސަލަ ތަހްގީގްކުރަމުން އަންނަތާ މިހާރު މި ވަނީ ގާތްގަނޑަކަށް އެއް އަހަރާއި ނުވަ މަސްވެފައެވެ.

ފޮނަދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ރެހެންދި ހަޔަކުން އަބްދުއްރަހީމް އާއި އޭނާގެ އަނބިކަބަލުން ބައްލަވައިގަނެފައި ވަނީ ލަގްޒަރީ ފްލެޓްތަކުގެ ތެރެއިން ދެ ފްލެޓެވެ. އޭގެ ފްލެޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 4.5 މިލިޔަން ރުފިޔާގައެވެ.

ކޮމިޓީ އެލަވަންސްތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ 80000 (އަށްޑިހަ ހާސް) ރުފިޔާ ކަމަށްވާއިރު، އަބްދުއްރަހީމް އޭރު ފްލެޓް ބައްލަވައިގަތީ ކޮންގޮތަކަށް ހޯދި ފާއިސާއަކުންތޯ ބުނެ ގިނަ ރައްޔިތުން ވަނީ އެކަމާއި ސުވާލު އުފައްދާފަ އެވެ.

އަބްދުއްރަހީމް ދެ ފްލެޓް ބައްލަވައިގެންނެވުމާއި ގުޅިގެން، އޭނާ އަށް އޭރު ރައްޔިތުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، މީޑިޔާގައި އޭނާ ވަނީ މިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް ފްލެޓް ބައްލަވައިގަތް ގޮތުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އަބްދުއްރަހީމަށް މަންފާވާ ގޮތަށް ގިނަ ކަންތައްތަކެއް އޭނާ ކުރައްވާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މި ސަރުކާރުން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ހުރިހާ މައްސަލަތަކެއް ބަލައި ތަހްގީގް ހިންގައި އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މި ސަރުކާރުގެ ސިޔާސަތަކީ "ޒިރޯ ޓޯލަރެންސް" އެވެ.
ހިޔާލު

އަހުމަދު

ބަލަނީ ރިވިއު ކުރަނީ ބަލަނީ ރިވިއުކުރަނީ ،،،، މާދަން ބަލާނިމޭނެ... މާދަން އަންނާނެތޯ...؟