Minimum wage kandaelhumuge bill majileehuge kuriyah oiy dhaurah hushahalhanee
image
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ މެންބަރުންނާ އެކު -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
0 ކޮމެންޓް
 

މިނިމަމް ވޭޖު ކަނޑައެޅުމުގެ ބިލް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅަނީ

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިރޭ މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ)އާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ ފަރާތުން ތައްޔާރުކޮށްފައިވާ ދެ ދިރާސާ ރިޕޯޓް މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދެ ރިޕޯޓް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރަށް މިކަމާ ގުޅޭ ބިލް ހުށަހަޅަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެޖެންޑާ 19ގައި ހިމެނޭ ވައުދެކެވެ.
ހިޔާލު