Hukuru dhuvahun feshigen masveringe park fathuruverinnah hulhuvaalanee
image
މަސްވެރިންގެ ޕާކްގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހަދާފައިވާ އިމާރާތް
0 ކޮމެންޓް
 

ހުކުރު ދުވަހުން ފެށިގެން މަސްވެރިންގެ ޕާކް ފަތުރުވެރިންނަށް ހުޅުވާލަނީ

ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން މަސްވެރިންގެ ޕާކް ސަރަހައްދު ފަތުރުވެރިންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް މަސްވެރިންގެ ޕާކް ތަރައްގީކޮށްފައިވާތީ ހުކުރު ދުވަހުން ފެށިގެން މަސްވެރިންގެ ޕާކާއި އެ ސަރަހައްދުގެ ޖެޓީ ފަތުރުވެރިން ބޭނުންކުރުމަށް ހުޅުވާލާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ހުކުރު ދުވަހުން ފެށިގެން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެންނަ އެޖެންޓުންނާއި ކުރޫޒްލައިނާ ތަކުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާ މަސްވެރިންގެ ޕާކްގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ އިމާރާތުގައި ތިބޭ ގެސްޓް ރިލޭޝަންސް އޮފިސަރުންނެވެ.

މިއިމާރާތުގައި ފަތުރުވެރިންނަށް ހާއްސަ ފާހާނާތަކެއް ހަދައި، ފަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ އިތުރުން ފަތުރުވެރިންނަށް އެހީތެރިވެ ދިނުމަށް ގެސްޓް ރިލޭޝަންސް އޮފިސަރުން ތިބޭނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ ސިޓީ ކައުންސިލާ ގުޅިގެން މަސްވެރިންގެ ޕާކު ސަރަހައްދު ބޭނުންކުރަން ޝައުގުވެރިވާ މާލޭގައި ހަރަކާތްތެރިވާ ޓުއަ އޮޕަރޭޓަރުން ހުކުރު ދުވަހުގެ ކުރިން އެކަން އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެދޭ ކަމަށެވެ.

މާލެއަށް އަންނަ ފަތުރުވެރިން މިހާރު މާލެއަށް ފައިބަން ބޭނުންކުރަނީ އެއް ނަންބަރު ފާލަން ހިމެނޭ ސަރަހައްދެވެ.
ސިޓީ ކައުންސިލް
ހިޔާލު