I.O.L ah satheyka aharu furey rasmihyaathu baavaifi
image
އައިއެލްއޯއަށް ސަތޭކަ އަހަރު ފުރޭ ސެންޓީނެރީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

އައިއެލްއޯއަށް ސަތޭކަ އަހަރު ފުރޭ ރަސްމިއްޔާތު ބާއްވައިފި

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) އަށް ސަތޭކަ އަހަރު ފުރޭ ސެންޓީނެރީ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސާލިހު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު މިއަދު މެންދުރު ފަހު ނެޝަނަލް އާޓް ގެލަރީގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.އެލް.އޯގެ ސެންޓީނެރީ ފާހަގަކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ހަނދާނީ ފައިސާފޮއްޗެއް އައި.އެލް.އޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ އާއި ޙަވާލުކޮށްދެއްވާފައެވެ. އަދި "ޔުނިވަރސަލް އެންޑް ލާސްޓިންގް ޕީސް – އައި.އެލް.އޯ ސެންޓިނަރީ" ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ދައްކާލުމުގެ އިތުރުން އައި.އެލް.އޯގެ ސަތޭކަ އަހަރުވީ ދިގު މާޒީގެ މައްޗަށް އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ ވަނީ ވާހަކަ ދައްކާފައެވެ.

މި ރަސްމިއްޔާތުގައި އައި.އެލް.އޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫގައި އައި.އެލް.އޯގެ ފަރާތުން ސޮއިކުރެއްވީ އައި.އެލް.އޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރިން ސިންގ އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.
ހިޔާލު