Bill nudhakka hidhumai libiganna 3000 hah vure gina geybisee ulhey: WAMCO
image
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު
އަބްދުﷲ ޔާމީން
2 ކޮމެންޓް
 

ބިލު އެއްގޮތަކަށް ވެސް ނުދައްކާ ހިދުމަތް ލިބިގަންނަ 3000 ހަށް ވުރެ ގިނަ ގެބިސީ އުޅޭ: ވެމްކޯ

ބިލު ނުދައްކާ ހިދުމަތް ލިބިގަންނަ 3000 ހަށް ވުރެ ގިނަ ގޭބިސީ އުޅޭކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެންމެ ފުރިހަމަ ގޮތުގައި ވެމްކޯގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

އެގޮތުން މާލޭގައި ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެއްވެސް ގޮތަކަށް ވެމްކޯއަށް ބިލް ނުދައްކާ ހިދުމަތް ލިބިގަންނަމުންދާ 3000 ހަށް ވުރެ ގިނަ ގޭބިސީތައް މާލޭގައި އެބަހުރި ކަމަށެވެ.

"އެބަތިއްބެވި ގާތްގަނޑަކަށް އަޅުގަނޑު މިއަދު ބަލާލިއިރު، ވެމްކޯގެ ސާވިސް ފެށުނީއްސުރެއް މިއަދާއި ހަމައަށް އެއްވެސް ވަރަކަށް ބިލު ޕޭ ނުކުރައްވާ ގާތްގަނޑަކަށް 3000 ހެއްހާ ކަސްޓަމަރުން." ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވި އެވެ.އާދަމް ވިދާޅުވީ ވެމްކޯގެ މުވައްޒަފުންނަކީވެސް ދިރިއުޅުމަށް މަސައްކަތްކުރާ ފަރާތްތަކެއްކަން ވިސްނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ވެމްކޯއަށް އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކުނި ވެމްކޯ
ހިޔާލު

ކިޔު5

އަޅުގަނޑުގެ މިވާހަކަ ސަރުކާރުގެ ކަމަބެހޭ ފަރަތްތަކުން އަޑުއަހައި މިކަން ކޮށްދީބަލަ.
ހަދަންއވީ ގޮތަކީ ކަރަންޓު ބިލު، ފެންބިލު، ވެމްކޯބިލު. މި 3 ބިލު އެއްކޮށް ނޫނީ ނުދެއްކޭގޮތް ހަދަންވީ. އޭރުން ހައްލުވާނީ.
ވެމްކޯއިން ބުރަ މަސައްކަތެއްކުރާއިރު، ގޭ ބިސީތަކުން ފައިސާ ނުދައްކައި ތިބެވިގެން ނުވާނެ.

ކުޑަސޮރު

ވެމްކޯ ބުނަން ވާހަކައެއް... ތިޔަ ބިލް ނުދައްކާ ގިނަ މީހުންނަކީ ތިފަރާތުގެ އިހުމާލުން ފާއިތުވެ ދިޔަތަނުގައި ކޮއްމެ ވެސް މައްސަލައެއް ދިމާ ވެގެން ބިލް ނުދައްކާ ތިބި ފަރާތް ތައްކަން ޔަގީން... ކޮއްމެ ފަހަރަކު ބިލް ފޮނުވިޔަކަސް ކަަމަކުނުދާނެ....ކުނި ނުނަގާ ދުވަސްތަކައް ކަންޑާފަ ބިލް ފޮނުވާ... އެއިރުން ލާރި ދައްކާނަން