Masthuvaa thaketheege bodun dhookuree Yamin ge sarukaarun: Mayor
image
މާލޭގެ މޭޔަރު ޝިފާ މުހައްމަދު -- ފޮޓޯ: އަވަސް
3 ކޮމެންޓް
 

މަސްތުވާތަކެތީގެ ބޮޑުން ދޫކުރީ ޔާމީންގެ ސަރުކާރުން: މޭޔަރު

ޑްރަގް ވިޔަފާރީގެ ބޮޑުން ހައްޔަރުކޮށްފައި ވަނިކޮށް އެމީހުން ދޫކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޭޔަރު ޝިފާ މިހެން ވިދާޅުވީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާތީ އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އާންމު މީހާ ކުރި ޓްވީޓްގައި ބުނެފައިވަނީ މާލޭގައި ޑްރަގުގެ ވިޔަފާރި އޮތް ހާލަތު އެނގުމުން ހައިރާންވާ ކަމަށާއި، އަތޮޅުތަކުގައިވެސް މިވިޔަފާރިތައް ހިންގާތޯ ބަލައި މިކަން ކުރާ މީހުން ހުއްޓުވަން ޖެހޭ ކަމަށެވެ.

މިޓްވީޓަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ ޑްރަގް ވިޔަފާރީގެ ބޮޑުންގެ ގޮތުގައި ބަންދުކުރެވުނު ގިނަ 2013 ވަނަ އަހަރު ވެރިކަމަށް އައި ބަޔަކު ދޫކޮށްލާފައިވާ ކަމަށެވެ. އެކަން އަދި ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފަ އެވެ.

މަސްތުވާތަކެތި ބޭނުންކޮށްގެން މާލޭގެ މަގުމަތީގައި ބިއްޖެހިފައި ތިބޭ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކަށް އާންމުންގެ ފާޑު ކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ބޮޑުވެ ފުލުހުން މިހާރު ވަނީ މިމަހުގެ ތެރޭގައި މާލޭގެ ފަސް ގެއެއް ބަލައި 37 މީހަކު ހައްޔަރުކޮށްފަ އެވެ. އެގޮތުން ބަލައި ފާސްކޮށްފައިވަނީ މ. ލޮނުމިދިލިގެ، މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާ އެވެ. މި ތަންތަނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ބަލައި ފާސްކުރެވިފައިވާ ތަންތަން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލް
ހިޔާލު

ދިލްކޮކީ

ފެންނުވަރާ ށިފާ މިހާރު ރައީސް ޔާމީން ހުންނެވީ ޖަލުގަ ވެރިކަން ހިންގަންނިކުމެ އުޅެނީ ނާގާބިލް އިބޫ ދެން ކަލޭމެން ބޭނުން ކަމެއް ކުރެވޭނޭ ޔާމީނޭ ބަނޑު ހަންހަންގަނޑޭ ނުކިޔާހުރޭ

ހަހަހަ

ދެން މިސަރުކާރުން 1 އަހަރުވީއިރު ހައްޔަރު ނުކުރީކީއްވެޔޯ ؟؟؟

ޅޮލް

މާރުކޭޓު ވެސް ޔާމިނާ ހެދި ދޯ ލަސް ވަނީ