Madina gai oth bali meeha Raaje genaumuge masakath ebakuran: Foreign Minister
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފާތުމަތު ރިފާޢަތު
2 ކޮމެންޓް
 

"ހައްވާ އަލީ ރާއްޖެ ގެނައުމުގެ ކަންތައްތައް ސައުދީ އެމްބަސީން އަންނަނީ ކުރަމުން"

ތ. ގުރައިދޫ، ކީރަންމާގެ އުމުރުން 79 އަހަރުގެ ހައްވާ އަަލީ ރާއްޖެ ގެނައުމުގެ އިންތިޒާމުތަކުގައި ސައުދީ އެމްބަސީން އަންނަނީ އެހީތެރިވަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހައްވާ އަލީ ރާއްޖެ ގެނައުމުގެ މަސައްކަތްވެސް އެމްބަސީން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވެފައިވައިރު، އޭނާއަކީ އުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ކަނާތު ފައިގެ އުކުޅުވަޅު ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށާއި، އަދި ޖެހޭނީ އޮޕަރޭޝަން ކުރަން ކަމަށް ބުނެފައިވާ މީހެކެވެ.

ހައްވަ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މަދީނާގައި އުމްރާގެ ސައުޔު ކުރުންވެސް ފުރިހަމަކޮށް ނިންމުމަށްފަހު ހޮޓަލަށް އަންނަން ހިނގައިގަތް ވަގުތު ސޮފާ މަރުވާ ތެރެއަށް ވެއްޓުމާއި ގުޅިގެން ހަމަ އެވަގުތު ޖަމާއަތުގެ ޑޮކްޓަރާއި ނަރުހުންނާ ޖަމާއަތުގެ އިމާމުގެ ހަވާލުގައި މައްކާގެ ނޫރު ހޮސްޕިޓަލަށް ގެންދިޔައެވެ.

އުމުރާގެ އަޅުކަމަށް މިމަހުގެ އަށްވަނަ ދުވަހު މައްކާ އަށް ހައްވާ އަލީ ދިޔައީ ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގެ ހަވާލުގަ އެވެ.

ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ސައުދި އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ހައްވާ އަލީގެ އާއިލާއާއި ބައްދަލުކޮށްފައި ކަމަށެވެ.

ހިޔާލު

ސާބަސް

ތި ލއުނު ނޫސް ވެރިޔަކު ޑޮކްޓަރަށް ދައްކާ ދޭން ބޭނުން

ޙައްމާދު

މަދީނާ ގައި ސައްއުކުރޭޠަ؟