Masthuge haalathugai thibey mahsala ah nimumeh genaanan
image
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު---ފޮޓޯ: އަވަސް އޮންލައިން
ފާތުމަތު ރިފާޢަތު
3 ކޮމެންޓް
 

"މަސްތުގެ ހާލަތުގައި ތިބޭ މައްސަލައަށް ނިމުމެއް ގެންނާނަން"

މާލޭގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ގިނަ ބަޔަކު ތިބޭ މައްސަލައަށް ނިމުމެއް ގެނެސްދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ އަންހެނެއްގެ ވީޑިއޯ ފޭސްބުކްގައި ހިއްސާކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ ޑްރަގުގެ ސަބަބުން އެތައް އާއިލާތަކަކަށް ވަނީ ހިތާމަތަކުގައި ކަމަށެވެ. އަދި ޑްރަގު އެތެރެކޮށް ވިއްކާ މީހުންނަށް އެންމެ ހަރުކަށި އަދަބުދިނުމަށް ވަކާލާތުކުރަނީ އެ ސަބަބަށްޓަކައި ކަމަށްވެސް އުމަރު ވިދާޅުވި ވެއެވެ. އަދި މި މައްސަލަތައް ހައްލު ކުރާނެ ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.

މީގެ ކުރިންވެސް އުމަރު ވަނީ ޑުރަގުގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމާ، ހަރުދަނާކަމެއް މިހާރު ތިއްބެވި އެއްވެސް ސިޔާސީ ލީޑަރުންގެ ކިބައިގައި ނެތްކަމަށް ވިދާޅުވެފަ އެވެ.

މަގުތައް މަތީގައި ޒުވާނުން މަސްތުގެ ހާލަތުގައި ބިއްޖެހިފައި ތިބެނީ ބާރުގަދަ އައު ޑްރަގެއް ބޭނުން ކުރުމުގެ ސަބަބުން ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެފަދަ ޑްރަގެއް ރާއްޖޭގައި ދައުރުވަމުން އަންނަ ކަން ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުން އަންނަކަން ފުލުހުންނަށް މައުލޫމާތު ލިބުމާއި ގުޅިގެން މި މަހުގެ ތެރޭގައި މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގައި އެތައް ބަޔަކު ހައްޔަރުވެސް ކޮށްފަ އެެވެ. މީގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިންވެސް ހިމެނެ އެވެ.
ހިޔާލު

ޙާލަތު

އަޙުމަދަށް ނޭނގުންދޯ އުމަރު ނަޞީރު ކޮށްދިން ކަންކަން؟؟؟ ބާރުތައް ހަނިކުރީމަ ކަންކަމެއް ނުވާނެ ކޮންމެ މަޤާމެއްގަ ހުއްޓަސް

ހަސަން

މީހަމަ އަނގަ ،،އް، 7އަހަރު ސަރުކާރުގަ އުޅެފަ ކަމެއްނުކުރެވުނީމަ މިހާރުމިބުނަނީ ވެރިކަންދޭށޭ މިވެނިކަމެއްކުރާނަމޭ، މީނަނިދީގަވެސް ކިޔަނީ ވެރިކަން ކޮންމެ ކަމެއް ފެށުމުގެ ކުރިންވެސް ވެރިކަން މީދެންބޯޑުވަރުދޯ

އަހުމަދު

ވޭތުވެދިޔަތަނުގައި މިކަންހުއްޓުވަން މީނަކުރެއްވިކަމެއްބުނެދެއްވަބަލަ...ސިފައިންގެ މީހަކަށްވެސް އުޅުނު. ، ސިޔާސދީ ޕާޓީއެއްގެ ޅިޑަރއަކަށްވެސް ހުރި. ، ހޯމް މިނިސްޓަރކަމުގަވެސްހުރި ... ހަމައެކަނި ރައީސްކަން ނުލިބުނަސް ޤައުމަށްހެޔޮއެދޭނަމަ މި މަޤާތަކުގަހުރިއިރު އެކަންހުއްޓުވިނަމަ ކިހާރަގަޅޫ...