Hina anekka ves raajjeygai chutty hedhakuramun ebadhey
image
0 ކޮމެންޓް
 

ހީނާ އަނެއްކާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދޭ

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް ހީނާގެ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް އަންނަނީ ހިއްސާކުރަމުންނެވެ.

ހީނާ ވަނީ މިއަހަރުގެ ކުރީކޮޅުވެސް އާއިލާ އާއެކު ރާއްޖެއަށް އައިސްފަ އެވެ. މީގެއިތުރުން މިދިޔަ އަހަރު ފަހުކޮޅު ވެސް ހީނާ ވަނީ އޭނާގެ ލޯބިވެރިޔާ އާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

މިޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

"ހެކްޑް" ނަމަކަށް ކިޔާ އެ ފިލްމުގައި ހީނާ ފެނިގެންދާނީ ލޮލުން ފެނުމުން މަހުރޫމު ވެފައިވާ މީހެއްގެ ރޯލުންނެވެ.

މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
ހިޔާލު