Thilafushi disposal site furi, jaagaige dhathikan inthihaa ah
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ތިލަފުށި ޑިސްޕޯސަލް ސައިޓު ފުރި، ޖާގައިގެ ދަތިކަން އިންތިހާއަށް

ތިލަފުށި ޑިސްޕޯސަލް ސައިޓު ފުރި ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ބުނެފިއެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ތިލަފުށި ޑިސްޕޯސަލް ސައިޓަކީ ރާއްޖޭގައި އުފެދޭ ކުނީގެ ބޮޑު އިންސައްތައެއް ޖަމާކުރަމުންދާ ސަރަހައްދެއްކަމަށާއި، އެ ސަރަހައްދުގައި ޖަމާވެފައިވާ ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރުމަށް ވެމްކޯއިން މަސައްކަތްކުރަމުން ދާކަމަށެވެ.

ވެމްކޯއިން ބުނެފައިވަނީ ތިލަފުށި ޑިސްޕޯސަލް ސައިޓުގައި އެ ކޯޕަރޭޝަނުން ކުނި ހުސްކުރުމަށް ބޭނުންކުަމުންދާ ގިނަ ވެހިކަލްތަކަށް އެސަރަހައްދުގައި ހަރަކާތްތެރިވުމަށް ދަތިތަކަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި އެގޮތަށް ދިމާވެފައިވަނީ ވެހިކަލްތައް މަރާމާތުކޮށް އަޕްގްރޭޑްކުރުމާއި ވެމްކޯ ތިލަފުށި ސައިޓާއި އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ދާތީ ކަމަށްވެސް ވެމްކޯ އިން މައުލޫމާތު ދީފައިވެއެވެ.

ވެމްކޯއިން ބުނެފައިވަނީ ތިލަފުށިން ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ބުރޫނާރާނެ ފަދަ ގޮތަކަށް ހިދުމަތްތައް ރޭވެމުންދާ ކަމަށެވެ. އަދި ކުނި ނެގުމުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ތިލަފުށީގެ އޮޕަރޭޝަނަށް ޝިފްޓެއް އިތުރުކޮށް، ތިލަފުށީގައި ބޭނުންކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވެމްކޯއިން މައުލޫމާތުދެއެވެ.
ކުނި ވެމްކޯ ތިލަފުށި
ހިޔާލު

ބޯހަލާކު

ތިލަފުށީގައި ކުނި ޖަމާކުރުމަށް ޖާގައިގެ ދަތިކަން ފޯރާނެތާ ތިލަފުށީގައި މިހާރު އެއަޅާ ނިމެނީ އެއަރޕޯރޓެއް ވިއްޔާ. ނޫސްވެރިން ބަލާލަބަލަ އެއީ ކޮންބަޔަކު އަޅާ ތަނެއްތޯ؟