Hina kandu adeegai nagaafaiva photothaki video thah!
image
ހީނާ އޭނާގެ ލޯބިވެރިޔާ ރޮކީ އާއެކު--
0 ކޮމެންޓް
 

ހީނާ ރާއްޖޭގެ ކަނޑު އަޑީގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް!

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު އޭނާ ވަނީ ރާއްޖޭގެ ކަނޑު އަޑީގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައެވެ.
އެފޮޓޯތަކާއި ވީޑިއޯތައް އޭނާ ހިއްސާކޮށްފައިވަނީ ހީނާގެ އޮފިޝަލް އިންސްޓަގުރާމު އެކައުންޓު މެދުވެރިކޮށެވެ. ހީނާ ބުނާގޮތުގައި ސުކޫބާ ޑައިވިން އަކީ އޭނާ ދުނިޔެ މަތީގައި އެންމެ ކުރާ ހިތްވާ ކަމެވެ. އެގޮތުން އޭނާ ވަނީ 12 މީޓަރު އަޑީގައި ޑައިވްކޮށްފައެވެ.



ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. "ހެކްޑް" ނަމަކަށް ކިޔާ އެ ފިލްމުގައި ހީނާ ފެނިގެންދާނީ ލޮލުން ފެނުމުން މަހުރޫމު ވެފައިވާ މީހެއްގެ ރޯލުންނެވެ.

އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
ހީނާ ހާން
ހިޔާލު