Raajjey gai chutty heydha kurumah fahu Hina furaifi
image
ހީނާ ރާއްޖޭގައި ނަގާފައި ހުރި ބައެއް ފޮޓޯތައް
0 ކޮމެންޓް
 

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ހީނާ ފުރައިފި

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރައިފި އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލްއާ އެކު ރާއްޖެ އައިސްފައިވާއިރު އޭނާ ފުރާފައިވަނި އިއްޔެގެ ވަގުތެއްގަ އެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ހީނާ ޗުއްޓީ ހޭދަކޮށްފައިވާއިރު އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ގޮތް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.

View this post on Instagram

Smelling the sea, Feeling the sky @kurumba_maldives

A post shared by Hina Khan (@realhinakhan) on


View this post on Instagram

A few more😀

A post shared by Hina Khan (@realhinakhan) on



View this post on Instagram

#MaldivianBlues 🐬

A post shared by Hina Khan (@realhinakhan) on



ހީނާ ވަނީ މިއަހަރުގެ ކުރީކޮޅުވެސް އާއިލާއާ އެކު ރާއްޖެއަށް އައިސްފަ އެވެ.

މީގެއިތުރުން މިދިޔަ އަހަރު ފަހުކޮޅު ވެސް ހީނާ ވަނީ އޭނާގެ ލޯބިވެރިޔާއާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ.

ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

"ހެކްޑް" ނަމަކަށް ކިޔާ އެ ފިލްމުގައި ހީނާ ފެނިގެންދާނީ ލޮލުން ފެނުމުން މަހުރޫމު ވެފައިވާ މީހެއްގެ ރޯލުންނެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
ހިޔާލު