Sifainge operation hingaa sababu haamakuran idhikolhun govaalaifi
image
ފޮޓޯ: އައްޑޫލައިވް
ނަސްރުﷲ މުހައްމަދު
1 ކޮމެންޓް
 

ސިފައިންގެ އޮޕަރޭޝަން ހިންގާ ސަބަބު ހާމަކުރަން އިދިކޮޅުން ގޮވާލައިފި

ސިފައިންގެ އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާކުރަން އިދިކޮޅުން ގޮވާލައިފިއެވެ.
މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސިފައިންގެ އޮޕަރޭޝަނުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވާނެކަމަށެވެ.

"މި އޮޕަރޭޝަނުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން އަޅުގަނޑު ގޮވާލަން،" އަބްދުއްރައީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ބިދާޅުވީ ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ ކަންތައްތަކަކީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދިނުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ.


އިދިކޮޅު ކޯލިޝަނުން މިހެން ބުނިއިރު، މިރޭ 19:00 އިން ފެށިގެން ސިފައިން ވަނީ މުޅި ރާއްޖެއަށް 'ޔެލޯ އެލާޓު 2' ނެރިފައެވެ.

ސިފައިން މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފައިވާއިރު، އެ އެލާޓާއެެކު ވަނީ މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

ސިފައިން ބުނީ އެމްއެންޑީއެފް އެލަރޓް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމެއް ކުރިމަތި ވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ނެރޭ އެލާޓެއް ކަމަށެވެ.

ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެލާޓާއެކު ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެކަމަށެވެ.

މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކު ކުރެވޭނެކަމަސް ވެސް ސިފައިން ބުނެއެވެ.

"މިކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށް ވާތީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީންކުރަމެވެ. އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ" ސިފައިން ބުނެފައިވެއެވެ.

ސިފައިންގެ އެލާޓު މަތިކޮށްފައިވާއިރު މި ހިނގާ ޑިސެންބަރު މަހުގެ 18 ވީ ބުދަ ދުވަހު ސަލާމަތީ ބާރުތަކުން ވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި ސިފައިންނާއި ގުޅިގެން މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަން މިއަދުވެސް ކުރިއަށްދާ ކަމަށެވެ. މިއޮޕަރޭޝަން ނިންމާލާނެ ވަކި ދުވަހެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ މިއޮޕަރޭޝަންގައި މިހާތަނަށް ވަނީ ހަތް ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް، ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ދަރިއަކަށް ވެކްސިން ދޭން ދެކޮޅު ހެދި ދެމަފިރިއެއްގެ އަތުން ކުއްޖާ އަތުލައި، ޖެންޑަ މިނިސްޓްރީ މެދުވެރިކޮށް ވަނީ އެ ކުއްޖާގެ ބޮޑުދައިތައާ ކުއްޖާ ހަވާލުކޮށްފަ އެވެ. އެގޮތަށް އަމަލުކުރީ ވެކްސިން ދިނުމަށާއި ތައުލީމު ދިނުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ދެމަފިރިން އެކަމަށް އިންކާރުކުރުމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މީގެއިތުރުން މަޑުއްވަރީގެ ހަރުކަށި ފިކުރުގެ އާއިލާ އަކަށް ނިސްބަތްވާ އެހެން ކުދިން ތަކަކަށް ވެސް ވެކްސިން ނުދޭތީ އެކުދިންގެ މައިންބަފައިންނަށް ނަސޭހަތް ދިނުމުން ވެކްސިން ދޭން އެއްބަސްވެފައިވާތީ ތިން ކުއްޖަކަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން، ހައްގުތަކުން މަހްރޫމްކޮށް އެފަރާތްތަކުގެ ނާޖާއިޒް ފާއިދާ ނަގަމުންދާ ކަމަށެވެ.

މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައާއި ވަކިކޮށް ކުޑަކުދިންނަށް ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހްރޫމް ކުރުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާއުކޮށް ފަތުރަން މަސައްކަތް ކުރާ ކަމަށް ލިބެމުންދާ މައުލޫމާތުގެ މައްޗަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިގެން ގުޅިގެން އަޅަމުންދާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހިޔާލު

ސަލާމަތް

ސަލާމަތީ ބާރުތަކުން ކުރާހާ ކަމެއްގެ މައުލޫމާތު ހާމަ ކުރަން ޖެހޭބާ! ކޮމާންޑަރު އަދުރޭ!