City thakugai anhenunah haassa kurevifaivaa dhaairaathah kanda alhaifi
image
ފޮޓޯ: ސަން
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ސިޓީތަކުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ދާއިރާތައް ކަނޑައަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓި ކައުންސިލްތަކަށް އިންތިހާބު ކުރާ އަންހެނުންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް ބަހައިފި އެވެ.
މި ދާއިރާތައް ބަހާފައިވާއިރު، ދާއިރާތަކަށް ނަމުގެ ބަދަލުގައި ދީފައިވަނީ ނަމްބަރެވެ.

އެގޮތުން މާލޭ ސިޓީއަށް އަންތިހާބުކުރާ އަންހެނުންނަށް ހާއްސަކުރެވިފައިވަނީ މާލެ ސިޓީ-2، މާލެ ސިޓީ-4، މާލެ ސިޓީ-9، މާލެ ސިޓީ-12، މާލެ ސިޓީ-14 އަދި މާލެ ސިޓީ-18 ވަނަ ދާއިރާ އެވެ.

މީގެ އިތުރުން، އައްޑޫސިޓީއަށް އިންތިހާބުކުރާ އަންހެނުންނަށް ހާއްސަ ކުރެވިފައިވަނީ، އައްޑޫ ސިޓީ-3، އައްޑޫ ސިޓީ-6، އައްޑޫ ސިޓީ-8 އަދި އައްޑޫ ސިޓީ-12 ވަނަ ދާއިރާ އެވެ.

އަދި ފުވައްމުލަކު ސިޓީ އަށް އިންތިހާބުކުރާ އަންހެނުންނަށް ހާއްސަ ކުރެވިފައިވަނީ، ފުވައްމުލައް ސިޓީ-1 އަދި ފުވައްމުލައް ސިޓީ-4 ވަނަ ދާއިރާ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓިއަށް ޖުމުލަ 18 މެމްބަރުން އިންތިހާބު ކުރާއިރު އޭގެން ހަ މެމްބަރުންނަކީ އަންހެނުންނެވެ. އައްޑޫސިޓީއަށް ޖުމުލަ 12 މެމްބަރުން އިންތިހާބު ކުރާއިރު އޭގެން ހަތަރު މެމްބަރުންނަކީ އަންނެނުންނެވެ. އަދި ފުވައްމުލަކު ސިޓީ އަށް ޖުމުލަ 6 މެމްބަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 2 މެމްބަރުންނަކީ އަންހެނުންނެވެ.

ލާމަރުކަޒީ ޤާނޫނަށް ނުހަނު ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، އެ އިސްލާހުތަކުގެ ތެރޭގައި ރިހާ ކައުންސިލްތަކަކުން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމާއި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުން ހިމެނެއެވެ.
ހިޔާލު