Meehun binaa kurumaa gulheygothun gina mashvaraathakeh
image
ފޮރިންގ މިނިސްޓަރާއެކު ކުރެވުނު ބައްދަލުވުމުގެ ތެރެއިން---ފޮރިން މިނިސްޓްރީ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

މީހުން ބިނާ ކުރުމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މީހުން ބިނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ގިނަ މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތައް ސީއެންއެމާއި ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ ކައުންސިލްތަކަށް ލިބުނު ބާރުވެރިކަމުގެ ދަށުން ވަރަށް ގިނަ އެހީތަކެއް ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން މީހުން ބިނާ ކުރުމާއި ބޭރު ގައުމުތަކުން އެހީތައް ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް މިނިސްޓަރާއެކު ކުރެވުނު ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަދި އެހެނިހެން ދާއިރާތަކުންވެސް އެހީ ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން މިނިސްޓްރީން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މިނިސްޓަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް މޭޔަރުގެ ވާހަކައިގައި ފާހާގަކުރެއްވިއެވެ.
ހިޔާލު