Furagasfaraathu bali: dhevidhaane faruvaa aki kobaa?
image
ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
2 ކޮމެންޓް
 

ފުރަގަސްފަރާތު ބަލި: ދެވިދާނެ ފަރުވާ އަކީ ކޮބާ؟

ފުރަގަސްފަރާތު ބައްޔަކީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތް ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމުވެ. ފުރަގަސްފަރާތު ބައްޔަށް ''ޕައިލްސް'' ނުވަތަ ''ހެމޮރޮއިޑްސް'' އޭ ވެސް ކިޔައި އުޅެއެވެ.
މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށް ކަމަށްވެއެވެ. ފުރަގަސްފަރާތު ބައްޔަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި ދުރާލާ އެކަމަށް ވިސްނައި އެގޮތަށް އަމަލުކުރުމެވެ. ވަކިން ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ބެހެއްޓުމަށް ފައިބަރ ގިނަ ކާނާ ބޭނުންކުރުމާއި، ދިޔާތަކެތި ގިނަގިނައިން ބުއިން އަދި ކަސްރަތުކުރުމަކީވެސް ވަރަށް މުހިއްމު ކަންތައްތަކެވެ.

ބޮޑުކަމުދެވި ނިމުމުން ކޮންމެ ފަހަރަކު އާދައިގެ ސާބޯންޏަކާއި ތާފަނާފެން ބޭނުންކޮށްގެން ފުރަގަސްފަރާތް ހިމެނޭ ހިސާބު ރަގަޅަށް ސާފުކުރުމަށް ގިނަ ޑޮކްޓަރުން ލަފާދެއެވެ. އެއަށް ފަހު ސާފު ފޮތިގަނޑަކުން ނުވަތަ ތެތް ކަން ހުންނަ ޓިޝޫއެއް ފަދަ އެއްޗަކުން ފުރަގަސް ފަރާތް ފޮހެލުމުން ދުޅަތިރިކޮށް، ހިރުވުން ކުޑަކޮށްދޭ ކަމަށްވެ އެވެ. އަދި މިކަމުގެ ހައްލަކަށް ބައެއް މީހުން ހައިޑްރޯކޯޓިޒޮން ފަދަ ކްރީމެއް ފުރަގަސްފަރާތު ދޮރުގެ ވަށައިގެން އުގުޅުމުން ރިހުން ކުޑަކޮށްދޭ ކަމަށް ބައެއް މީހުން ބުނެ އެވެ.

އަދި ތާފަނާ ފެން ނުވަތަ ކޮންމެވެސް ވަރަކަށް ހޫނުކަންއެކުލެވޭ ފެން ހުރި ޓަބަކަށް އެރިގެން ފެންވަރުން،ނުވަތަ އެފަދަ ޓަބަކަށް އެރި 15ވަރަކަށް މިނިޓް ވަރު ހޭދަކުރުން އަދި ގަނޑުފެން ގަނޑެއް ފަދަ އެއްޗެއް ބޭރަށް ނިކުމެފައިވާ ބައިގައި ޖެއްސައިގެން ބޮޑިތާންކުރުން ފަދަ ކަންކަމަކީ ފުރަގަސްފަރާތު ބަލީގެ ސަބަބުން އެހިސާބުގައި އުފެދިފައިވާ ރިހުމާއި،ދުޅަ ތިރިކޮށްދޭނެ ކަންތައްތައް ކަމަށް ދިރާސާތަކުން ދައްކައެވެ.

އެހެންނަމަވެސް ތަދުކެޑުވުމަށްޓަކައި އުފައްދާފައި ހުންނަ ބޭސްތަކުގެ ތެރެއިން ''ކޮޑެއިން'' އެކުލެވޭ ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެއްނޫން ކަމަށް ގިނަ ޑޮކްޓަރުން ލަފާދެއެވެ.
ހިޔާލު

އ މ

ކެއުމުގައި މާބުޅާފަތް ބޭނުންކުރުމާއި، ހުސްބަނޑާ ހެނދުނު އޯބަތްކޮޅެއް ކެއުންވެސް ވަރަށް ރަނގަޅުކަމަށް ބުނެއުޅޭ

އާނާ

އަލޯވެރާ ޖެލް އާ ކާސްޓާ އޮއިލް އެއްކޮއް ފަ ދުވާލަކު 3 ފަހަރު ނޫނީ 2 ފަހަރު އުގުޅަ އެތާ. އިންޝާ ﷲ ރަގަޅު ވާނެ.