Thinadhoo schooll kurimatheegai accident eh hingaifi
image
0 ކޮމެންޓް
 

ތިނަދޫ ސްކޫލް ކުރިމަތީގައި އެކްސިޑެންޓެއް ހިނގައިފި

ގދ. ތިނަދޫ ސްކޫލް ކުރިމަތީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ 19:18 ހާއިރު އަބޫބަކުރު ސްކޫލް ކުރިމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވި މައްސަލަ އެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި އަނެއް މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ ވެސް ކަނާތު ފައިގައި ރިއްސާތީ އުޅޭކަމަށް ފުލުހުން ބުނެއެވެ.

ދެ މީހުންނަށް ވެސް ވަނީ ހޮސްޕިޓަލުން ފަރުވާ ދީފައެވެ.

އެކްސިޑެންޓުވި ދެ މީހުންނަކީ ވެސް ލައިސަންސު އޮންނަ ދެ މީހުންނެވެ.

މިމަހު 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ވަނީ މީހެއްގެ ލައިސަންސު ބާތިލުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ޖިޕް ދުއްވަން އިން ބަންގްލަދޭޝްގެ ޑްރައިވަރުގެ ލައިސަންސް ބާތިލް ކުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައިވަނީ ތިން އަހަރު ދުވަސް ވަންދެން އޭނާ އަށް ލައިސަންސް ނުދިނުމަށް ކަމަށެވެ.

ހިޔާލު