Hina ge hiyy adhives raajjeygai
image
ހީނާ---
0 ކޮމެންޓް
 

ހީނާގެ ހިތް އަދިވެސް ރާއްޖޭގައި

ހީނާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ މިދިޔަ ބުރާސްފަތި ދުވަހު ފުރި ނަމަވެސް އޭނާ އަދިވެސް ހިތް އޮތީ ރާއްޖޭގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ހީނާގެ އޮފިޝިއަލް އިންސްޓަގުރާމު އެކައުންޓު މެދުވެރިކޮށް އަދިވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ނަގާފައިވާ ފޮތޯތައް ހިއްސާކުރަމުންނެވެ.

View this post on Instagram

🦋

A post shared by Hina Khan (@realhinakhan) onހީނާ ވަނީ މިއަހަރުގެ ކުރީކޮޅުވެސް އާއިލާއާ އެކު ރާއްޖެއަށް އައިސްފަ އެވެ. އޭގެއިތުރުން މިދިޔަ އަހަރު ފަހުކޮޅު ވެސް ހީނާ ވަނީ އޭނާގެ ލޯބިވެރިޔާއާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

"ހެކްޑް" ނަމަކަށް ކިޔާ އެ ފިލްމުގައި ހީނާ ފެނިގެންދާނީ ލޮލުން ފެނުމުން މަހުރޫމު ވެފައިވާ މީހެއްގެ ރޯލުންނެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
ހިޔާލު