Maibadhaigai rihsaigen beyrah vadaigathumuge visnumeh Yameen neh: Adhurey
image
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ---ފޮޓޯ: ވަން އޮންލައިން
ފާތުމަތު ރިފާޢަތު
2 ކޮމެންޓް
 

މައިބަދައިގައި ރިއްސައިގެން ބޭރަށް ވަޑައިގަތުމުގެ ވިސްނުމެއް ޔާމީން ނެތް

މައިބަދައިގައި ރިއްސާތީ ކަމަށް ބުނެ ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށް ޕްރޮގްރެސިވް ނެޝެނަލް ކޮންގްރެސް ( ޕީއެންސީގެ ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މައިބަދައިގައި ރިއްސާތީއާއި ކޮނޑުހުޅުގައި ރިއްސާތީ އަދި އުނަގަނޑުގައި ރިއްސާތީ ކަމަށް ބުނެ ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށެވެ.

އަދި ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ޔާމީން ބޭނުންފުޅުވަނީ ގައުމާއި ދީނުގެ ހައްގުގައި އަލުން އަނބުރާ ދިވެހިން އެދޭ ދިވެހި ރާއްޖެ ހޯދައިދިނުމަށް މަސައްކަތް ކުރަން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީންއާއި ބައްދަލުކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތު ކަމާއެކު ކަމަށް އަބްދުއްރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. އަދި އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީގޮތުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އެކަން ބޭރުގެ ސަމާލުކަމަށް ގެނެސް އެ ހުކުމުގައި ގަބޫލުކުރަން ދަތި ކަންތައްތައް އެ ފަރާތްތަކާއި ހިއްސާ ކުރަމުންދާ ކަމަަށްވެސް އިދިކޮޅުން ބުނެ އެވެ.

އަދި ރައީސް ޔާމީން މިނިވަންކުރަން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުކޮށްދިނުން ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންއަށް ޖަލު ހުކުމް އިއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޙަލާސް ކުރުމަށެވެ. އެމަނިކުފާނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓު އަމުރެއް ނެރެ ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ވަނީ އެދިފަ އެވެ.
ހިޔާލު

ޙަކީމްބެ

އެހެންވެގެންތާ ގެއަށްކޮންމެރެއަކު މީހުންގެނެސްގެން އެކިޔަވަނީ! އޭރުން ބޭރަށްނުގޮސް ފަރުޖެއްސޭތޯދޯ.

ރައްޔިތުންގެ ސައްލާ

މަނިކުފާނަކީ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ހިތްވާ ބޭފުޅެއްނޫންކަން ވެރިކަމުގައި ހުރިއިރުވެސް އެގޭ. އެކަމާހުރެ މުޅި ރާއްޖެ އެކަހެރިވެގެންދިޔައީ. ދެން މިހާރު އަދުރޭ ނުބުންޏަސް އެގޭ އެކަން.