Faresmaathodage 2 avashuge medhugai bodu maaraamaareeeh hingai 2 meehaku zaham vehje
image
ފަރެސްމާތޮޑާ: ފޮޓޯ ޕީއެސްއެމް
2 ކޮމެންޓް
 

ފަރެސްމާތޮޑާގެ ދެ އަވަށުގެ މެދުގައި ބޮޑު މާރާމާރީއެއް ހިނގައި ދެ މީހަކު ޒަހަމްވެއްޖެ

ގއ. ފަރެސް މާތޮޑާގެ ދެ އަވަށުގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިނގައި ދެ މީހަކު ޒަހަމް ވެއްޖެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނެފައިވަނީ ރޭ ހިނގި މި މާރާ މާރީގައި ދެ މީހެއް ފުލުހުން ހައްޔަރު ކުރިކަމަށެވެ.

"ދެ އަވަށުގެ ދެ ގްރޫޕް މެދުގައި ޖެހުނު މައްސަލައެއްކަމަށް ވަނީ. ދެ މީހުން ހައްޔަރު ކުރި،" އެ ރަށުން ސީއެންއެމްއާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށު ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ އެ މާރާމާރީގައި ދެ މީހަކަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ކުޑަ އިރުކޮޅެއްގެ ތެރެގައި މައުލޫމާތު ދެނެކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ 2019 ޑިސެންބަރު 25 އަދި 27 ވަނަ ދުވަހުގެ ގދ. ފަރެސްމާތޮޑާގައި ގުރޫޕް މާރާ މާރީތަކެއް ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މި މާރާމާރީތައް ހިންގާފައިވަނީ އެރަށު މާތޮޑާ އަވަށާއި ފަރެސް އަވަށަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައިކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާރާމާރީތަކާއި ގުޅިގެން 19 އަހަރާއި، 18 އަހަރާއި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެމީހުން ބަންދުގައި ބެހެއްޓުމަށް ތިނަދޫ ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

"މިއީ އެރަށުގައި ސިލްސިލާކޮށް ހިނގާ މާރާމާރީތަކެއް ބެލެވޭ" ފުލުހުން ބުންޏެވެ.


މާރާމާރީ
ހިޔާލު

މަ

ތިކަމުގައި ފުލުހުން އަމަލު ކުރަނީ ކަންކަން ގޯސް ވާގޮތަށް. ކަން ކުރާމީހުން ބައިތިއްބާ ފަ މާތޮޑާ މީހުން ފަހަތުން ފުލުހުން ދުވަނީ.. މުއާމަލާތު ކުރަަނީވެސް އެހާ ހަޑިކޮށް

ޖަގާ

ފުލުހުން ތިބެނީ ކައި ކައިގެން ނިދަން ކޮން މައުލޫމާތެއް އެމީހުންނަށް އިގޭނީ