Faresmaathoda in 3 meehaku hayyarukoh, 7 dhuvahah bandhu
image
0 ކޮމެންޓް
 

ފަރެސްމާތޮޑާއިން 3 މީހަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދު

ފަރެސް މާތޮޑާއިން ހައްޔަރު ކުރި މީހުންގެ ބަންދަށް 7 ދުވަސް ތިނަދޫ ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި ފަރެސް އަވަށާއި މާތޮޑާ އަވަށުގެ ޒުވާނުންގެ މެދުގައި ވަނީ މާރާމާރީތަކެއް ހިނގާފައެވެ.

އެއީ ސިސްސިލާކޮށް އެރަށުގައި ހިނގާ މާރާމާރީތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނެފައިވަނީ ރޭ ހިނގި މި މާރާ މާރީގައި ބައެއް މީހުން ފުލުހުން ހައްޔަރު ކުރިކަމަށެވެ.

"ދެ އަވަށުގެ ދެ ގްރޫޕް މެދުގައި ޖެހުނު މައްސަލައެއްކަމަށް ވަނީ. ދެ މީހުން ހައްޔަރު ކުރި،" އެ ރަށުން ސީއެންއެމްއާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެރަށު ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ އެ މާރާމާރީގައި ދެ މީހަކަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
މާރާމާރީ
ހިޔާލު