Gavaaidhaa hilaafah parku kohfai huri cycle thakehgai fuluhun sticker jahaifi
image
ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި ފުލުހުން ސްޓިކާ ޖަހައިފި

އެމްއެމްއޭ ކުރިމަތީގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއްގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.
އެމްއެމްއޭ ކުރިމައްޗަށްވާ ގޮތަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލްތަކެއްގައި ފުލުހުން ސްޓިކާ ޖަހާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މި ވަގުތު ދައުރުވަމުންދާ އިރު މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ބައެއް މީހުން ބުނެފައިވަނީ ޕާކު ކުރާނެ ތަނެއް ނުދައްކާ ސަރުކާރުން ސްޓިކާ ނުޖަހާނެ ކަމަށް ބުނި ނަމަވެސް އަމަލުން އެކަން ސަރުކާރަށް ދެއްކިފައި ނުވާ ކަމަށެވެ. ގަވާއިދުގައި ބުނާގޮތުން ޑަބަލްލައިން ދަމާފަ ހުންނަ ތަންތަނުގައި ޕާކު ކުރުމަކީ މަނާކަމެކެވެ.

ބައެއްފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މީގެ ކުރިން އެތަނުގައި ޕާކުކުރުމުން ސްޓިކާ ޖަހާފައެއް ނުވެއެވެ.

ސީއެންއެމާއި ވާހަކަ ދެއްކި ފޮލިސް މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕާކު ކުރެވޭނެ ތަންތަން ޕާކިން ޒޯނުތަކުގައި ކުރަހާފައި ވަކިންދައްކާފަ ހުންނާނެ ކަމަށާއި އެގޮތަށް ނެތް ތަންތަނުގައި ޕާކު ކުރުމުން ސްޓިކާ ޖަހާނެ ކަމަށެވެ.

މާލޭގައި ޕާކު ކުރުމުގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުން މާލޭ މޭޔަރު ޝިފާ ވިދާޅުވީ ސައިކަލް ޕާކްކުރާނެ އިތުރު ޖާގައެއް މާލޭގައި ނެތް ކަމަށާއި، އެކެއްގެ މައްޗަށް އެތަކެއް ސައިކަލެއް ރަޖިސްޓްރީ ވަމުން އަންނަ މައްސަލައަށް ޓްރާންސްޕޯޓް މިނިސްޓްރީން ހައްލެއް ހޯއްދައިދޭން ޖެހޭ ކަމަށެވެ. އެކަން ހުއްޓުވާނެ ބާރެއް ކައުންސިލްގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގައި ވެހިކަލް ޕާކްކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް އިޝާރާތްކުރައްވާ މޭޔަރު ވިދާޅުވީ މަތިމައްޗަށް ޕާކިން ހެދުން ނޫނީ، ސައިކަލް އެތެރެކުރުން ހުއްޓުވުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީން އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.
ފުލުހުން ސައިކަލު
ހިޔާލު