Aa aharah dhunfathuge isthiumaalu kurun huttalanveenu?
image
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

އާ އަހަރަށް ދުންފަތުގެ އިސްތިމާލު ކުރަން ހުއްޓާލަންވީނު؟

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިއަދު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައި ބުނެވެ އެވެ. އެންމެ ގިނަ ބަޔަކު މިދުނިޔެ ދޫކޮށް ދަނީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމުގައިވެ އެވެ.
ދުންފަތުގެ ސަބަބުން، ޖެހޭ ބައެއް ބަލިތައް :

ނޭވާލާ ނިޒާމް
ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ މައްސަލަތަކުގެ ތެރޭގައި ނޭވާލާ ނިޒާމު ވައިނޮޅި، ވައިނޮޅީގެ ކަފިދުޅަވުން، އަޑުފޮށި ނުވަތަ ލަގޮނޑި ފަދަ ގުނަވަންތައް ހިރުވައި ފާރުވުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ފަސޭހައިން ޖެހުން ހިމެނެ އެވެ.

މީގެއިތުރުން ފުއްޕާމޭގެ މަސައްކަތް ހިންގުން ދަށްވުމާއި ފުއްޕާމޭގެ ކެންސަރު ޖެހުން ވެސް ހިމެނެ އެވެ. އަދި ފުއްޕާމޭގައި އިންފެކްޝަން އަށަގަތުން ނުވަތަ ނިއުމޯނިޔާ ޖެހުމާއި ނޭވާހިއްލުން އަދި ނޭވާލުމަށް އުދަނގޫވުން އަދި އެމްފައިޒީމާ ނުވަތަ ފުއްޕާމޭގެ ތެރޭގައި ހުންނަ ވައިކޮތަޅުތައް ފުޅާވުން ހިމެނެ އެވެ.

ހިތާއި ލޭހޮޅިތަކުގެ ނިޒާމް
ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ޖެހޭ މައްސަލަތަކުގެ ތެރޭގައި ލޭމައްޗަށް ދިއުން ހިތުގެ ވިންދު ޖެހުން އަވަސްވެ އަވަސް އަވަހަށް ވިންދު ޖެހުމާއި ހަންގަނޑުގެ ދަށުގައިވާ ލޭހޮޅިތައް ފިތި ހިމަވުމުގެ އިތުރުން ސްޓްރޯކް ޖެހި ވާގިނެތުން އަދި ހާޓް އެޓޭކް ޖެހި ހިތް ހުއްޓުން ހިމެނެ އެވެ.

އަނގައާއި ކަރު، ލޯ އަދި ނޭފަތް
ދުންފަތުގެ ސަބަބުން އަނގައާއި ކަރަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ތުންފަތް އަނގަ ކަރު އަދި އަޑުފޮށީގެ ކެންސަު ޖެހުމާއި އަނގައިން ނުބައިވަސް ދުވުން އަދި ކާއެއްޗެތީގެ ފުރިހަމަ ރަހަ ނޭނގުން ހިމެނެ އެވެ.

ލޮލަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ދުންޖެހުމުން ލޯ ކަރާ ފެން އައުން އަދި ލޮލުގެ ފެނުން ގެއްލުން ހިމެނެވެ. އަދި ނޭފަތަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ވަސްދުވުމުގެ ހިއްސުގެ ބާރުކެޑުން އަދި ނޭފަތުގެ ކެންސަރު ޖެހުން ހިމެނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަތްތަކަށް ވެސް އަސަރު ކުރާނެ އެވެ. އެގޮތުން ދަތުގެ ކުލަ ރިނދޫވެ ލަށްޖެހުމާއި ދަތްފަނިކެއުން އަދި ހިރުގަނޑުގެ ބަލިތައް ޖެހުން ހިމެނެ އެވެ.

މިކަންތައްތަކުގެ އިތުރުން ވެސް ހަށިގަނޑަށް ލިބޭ އެތައް ގެއްލުން ތަކެއް އެބަހުއްޓެވެ. ދުންފަތުގެ ސަބަބުން މުޖުތަމައުތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަކީ އަވަސް ގޮތެއްގައި، ހުއްޓުވަން ޖެހިފައިވާ ކަމެކެވެ. އެގޮތުން ފުޅާދާއިރާއެއްގައި ދުންފަތާއި މެދު، އާއްމުން ހޭލުންތެރި ކުރުން ވަރަށް މުހިންމެވެ.

ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލުކުރާ އެއް ބިލިއަން ފިރިހެނުން އުޅޭއިރު 250 މިލިއަން އަންހެނުން އުޅޭކަމަށް ޑަބްލިއުއެޗްއޯއިން އަންދާޒާ ކުރެ އެވެ. އަދި މީގެތެރެއިން 80 އިންސައްތަ މީހުން އުޅެނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކަމަށްވެސް ޑަބްލިއުއެޗްއޯއިން މައުލޫމާތުދެ އެވެ.

ރާއްޖޭގައި ދުންފަތުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެންމެ ފަހުގެ އަންދާޒާއަކީ 27 އިންސައްތަ އެވެ.

ދުނިޔޭގައި އަހަރަކު ގާތްގަނޑަކަށް ހަ މިލިއަން މީހުން މަރުވާ އިރު މީގެތެރެއިން ހަ ލައްކަ މީހުންނަކީ ނުސީދާ ގޮތުން ދުމުގެ އަސަރު ކުރާ މީހުންނެވެ.
ހިޔާލު

ހަސަނު

އާ އަހަރަށް އާޓިކަލް ލިޔުން ހުއްޓާލަންވީނު؟ 🙄