Midhiya aharu 4.3 billion rufiyaa ge T-Bill vihkkaafai vey
image
1 ކޮމެންޓް
 

މިދިޔަ އަހަރު 4.3 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައިވޭ

ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 4.3 ބިލިއަން ރުފިޔާގެ ޓީބިލް ދައްކާފައިވެެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ރުފިޔާ އިން ޓީބިލް ވިއްކި އަދަދު 1.96 ބިލިއަނަށް އަރައެވެ. އެ އަދަދު ނޮވެމްބަރު މަސް ނިމުނު އިރު ހުރީ 1.2 ބިލިއަނުގައެވެ. އެހެންކަމުން ޑިސެމްބަރު މަހު އެކަނި ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ޓީބިލު ވިއްކާފައިވެއެވެ.

ޔޫއެސް ޑޮލަރުގެ ގޮތުގައި ވިއްކި ޓީބިލުގެ އަގު އުޅެނީ 2.3 ބިލިއަން ރުފިޔާގައެވެ. އެއީ 150 މިލިއަން ޑޮލަރެވެ.

ޔޫއެސް ޑޮލަރުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި އިންޑިއާއަށް ގިނަ އަދަދަކަށް ޓީބިލު ވިއްކާފައިވެއެވެ.

ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.
އެމްއެމްއޭ
ހިޔާލު

Abbe

ދަރަނި... ނުވިޔަސް އިންޑިޔާ ޗައިނާ އަތްދަށުނުވާތި