Kurehunthakeh nugehley: Samaau
image
ގުފްތަގު އަޖީރު
1 ކޮމެންޓް
 

"މާލެ ސިޓީ އާޓް އެގްޒިބިޝަން 2017" ގެ ކުރެހުންތަކެއް ނުގެއްލޭ: ސަމާއު

2017 ވަނަ އަހަރު ބާއްވަން އުޅުނު އެގްޒިބިޝަންގެ ކުރެހުންތައް ރައްކާތެރިކަމާއެކު އެބަހުރިކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން މިހެން ބުނީ 2017 ވަނަ އަހަރު "މާލޭ ލައިފް" ނަމުގައި އެ ކައުންސިލުން ބާއްވަން އުޅުނު ކުރެހުންތެރިންގެ މައުރަޒަށް ކުރެހުން ހުށަހެޅި ބައެއް އާޓިސްޓުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.



އެ މައުރަޒަށް ކުރެހުން ހުށަހެޅި ކުރެހުންތެރިއެއްކަމަށްވާ މުސްތަފާ މުހައްމަދު (ކުލަފިހި) ސީއެންއެމްއަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާ ހުށަހެޅި ކުރެހުމަކީ ގޮޅިއެއްގެ ތެރެއަށް އޭނާ ފިތި ފައި ހުންނަ މަންޒަރު ދައްކުވައިދޭ ކުރެހުމެއްކަމަށެވެ.

"އަޅުގަނޑަށް ވަރަށް އަގު ބޮޑުއެއްޗެއް ކުރެހުމަކީ. އަޅުގަނޑު މި އެދެނީ ސިޓީކައުންސިލުގައި ކުރެހުން އަނބުރާ ދޭން ނުވަތަ ކުރެހުމުގެ ބަދަލުގައި 2000 ރުފިޔާ ދޭން" މުސްތަފާ ބުންޏެވެ.

މުސްތަފާ ބުނީ އޭނާ ދެވަނަ ފަހަރަށް ސޯޝަލް މީޑިއާގައި މިވާހަކަ ދެއްކީ ސިޓީ ކައުންސިލާއު އެތައް ފަހަރަކު ފޯނުން ގުޅައިގެން ވެސް ހައްލެއް ނުލިބުމުންކަމަށެވެ. ނަމަވެސް އޭނާ ޕޯސްޓު ކުރުމާއެކު ސަމާއު އޭނާއަށް އަށް ގުޅައި މިއަހަރު ކުރީކޮޅު މައުރަޒު ބާއްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ.

މާލޭ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އާއި ސީއެންއެމް އިން ގުޅާލުމުން ވިދާޅުވީ އެ މައުރަޒު ބާއްވަން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ކަމަށްވެފައި، އޭރު ނުބޭއްވުނީ ސަރުކާރުން މާލޭ ސިޓީކައުންސިލަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ސަބަބުން ކަމަށެވެ.

"ކުރެހުންތައް ރައްކާތިކަމާއެކު އަޅުގަނޑުމެން އަތުގައި ތަނެއްގައި ރައްކާކޮށްފައި އެބަހުރި. ކުރެހުންތަކެއް ނުގެއްލޭ،" ސަމާއު ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ އެ އެގްޒިބިޝަން ބާއްވާނީ މިއަހު ކުރީކޮޅުގައި ސަލްޓަން ޕާކުގައި ކަމަށެވެ. އަދި މިިނިވަން ދެ ޖަޖުން މެދުވެރިކޮށް ވަނަވަނައަށް ދިޔަ ކުރެހުންތެރިންގެ ކުރެހުންތަކަށް ސިޓީކައުންސިލުން އިނާމު ދޭނެކަމަށެވެ.
ހިޔާލު

ގޮއިދޫހަސަނު

ފިއްތުންއައިސް ނުބޭއްވޭނަމަ، ކުރެހުންތެރިންނަށް އެކަންއަންގައި، އެމީހުންގެތަކެތި ޙަވާލުކުރީމަނިމުނީ. ކޮންމެހެން އެތަކެތި ދެތިންއަހަރަށް ރައްކާކޮށް، ނޫނީ ކަތުރުފަނިކާން ބަހައްޓާކަށްނުޖެހޭ. ކުލަފިހި ތިވަރު އަރުވާނުލައި، މިކައުންސިލްގެ މުއްދަތުހަމަވެ، އެހެންބަޔަކުއަންނައިރު އެތަކެތި އެތާނގައި ނެތްނަމަ، ސަމާހު ޒިންމާދާރުވާނެބާ؟ ޔަޤީނުންވެސްނުވާނެކަން ކަށަވަރު. މަގޭ ކުރެހުމެއް ތިތަނުގައިވީނަމަ، ބާއްވާދުވަހަކަށް އަލުންގެންދަން އަނބުރާގެންނާނީ. ތިތަކެތި ތިމީހުންގެބެލުމުގެދަށުގައި ރަނގަޅަށް ހުރިކަމާއިމެދު ވަރަށް ޝައްކު! ހުރިކަމުގައިވާނަމަ، ނޫސްވެރިންނަށާއި ކުރެހުންތަކުގެ ވެރިންނަށް ނިކަންދައްކަބަލަ. އެހެންނޫނީ ތިތާނގައި ހުރިކަން ޤަބޫލުކުރެވޭނެ އެއްގޮތެއް ނުވިސްނޭ! ޚާއްޞަކޮށް ސަމާހުތިވާހަކަދައްކާތީ!