Saikalu vagah negumugai bidheyseen!
image
ގެއްލިގެން ހޯދަމުންދިޔަ ސައިކަލް---ފޮޓޯ:ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގެއްލިގެން ހޯދަމުންދިޔަ ސައިކަލް ފެނުނީ ދެ ބިދޭސީން ދުއްވަނިކޮށް

ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއްގައި ދެ ބިދޭސީން ދަނިކޮށް ހިފަހައްޓާ ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ގަލޮޅު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު ޝައްކު ކުރެވިގެން ހުއްޓުވި ބައެއް ދުއްވި ސައިކަލް އަކީ ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއް ކަން އެނގިފައިވާ ކަމަށެވެ.

އެގޮތުން އެސައިކަލުގައި ތިބި 20 އަހަރު އަދި 25 އަހަރުގެ ދެ ބިދޭސީ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ސައިކަލް މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

ސައިކަލު ވަގަށް ނަގައިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ވަނީ ސާވޭއެއް ހަދާފަ އެވެ.

މިސާވޭއިން ދައްކާ ގޮތުގައި 38 އިންސައްތަ މީހުންގެ ސައިކަލަކީ އިންސްޓޯލްމަންޓަށް ނަގާފައިވާ ސައިކަލެވެ. އަދި 90 އިންސައްތަ މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަން ވެސް އެ ސާވޭއިން ދައްކަ އެވެ.

މީގެއިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓާލޮކް ކުރައްވާތޯ ބެލިބެލުމުން 35 އިންސައްތަ މީހުން އެކަންކަމަށް ސަމާލުކަން ދީފައި ނުވާކަން ވެސް އެ ސާވޭއިން ދައްކަ އެވެ.
ފުލުހުން ސައިކަލު
ހިޔާލު