Thimarafushee Musthafaa dhogu habareh fathuraathee Indiain ekan samaalukamah genesfi
image
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހަމަދު މުސްތަފާ: ---
2 ކޮމެންޓް
 

މުސްތަފާ ދޮގު ހަބަރެއް ފަތުރާތީ އިންޑިއާ އެންބަސީން އެކަން ސަމާލުކަމަށް ގެނެސްފި

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހަމަދު މުސްތަފާ ޓުވިޓާ މެދުވެރިކޮށް، އިންޑިއާ ސަރުކާރުން މުސްލުމުންނަށް ކުރާ އަނިޔާކަމަށް ބުނެ އާންމުކޮށްފައިވާ ވީޑިއޯއަކީ 'ފޭކު' ވީޑިއޯއެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީން ބުނެފިއެވެ.
މުސްތަފާ ޖެނުއަރީ 3 ވަނަ ދުވަހު ކުރައްވާ ޓްވީޓެއްގައި ވަނީ އިންޑިއާގެ ފުލުހުންގެ އަނިޔާވެރިކަމުން އުއްތުރަ ޕްރަދޭޝްގައި އެތައް ކުޑަކުދިނެއް މަރާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އިންޑިއާ އެންބަސީން ބުނެފައިވަނީ އެއީ 'ފޭކު ހަބަރެއް' ކަމަށެވެ.

"މިއީ 2013 ވަނަ އަހަރު އަވަށްޓެރި ގައުމެއްގައި ހިންގާފައިވާ ކަންތައްތަކެއް" އިންޑިއާ އެންބަސީން ބުންޏެވެ.



މުސްތަފާ އާންމުކުރެއްވި ވީޑިއޯއަކީ، ބަނގުލަދޭޝްގައި ހިންގާފައިވާ ގަތުލްއާމެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ މި ވީޑިއޯ އާންމުކުރުމަށްފަހު، އެއީ އިންޑިއާއިން ހިނގާ ލާއިންސާނީ އާންމަލުތަކެއް ކަަމަށް ވިދާޅުވެފައެވެ.

އިމްރާން ހާންގެ ވެސް މި ވީޑިއޯ އާންމު ކުރުމާއި ގުޅިގެން އިންޑިއާގެ އުއްތުރަ ޕްރަދޭޝް ފުލުހުން ވަނީ އެއީ 'ފޭކް ހަބަރެއް' ކަމަށް ބުނެފައެވެ.

މީހުންގެ ފާޑުކިއުންތައް އަމާޒުވުމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑުވަޒީރު ފަހުން ވަނީ ވީޑިއޯ ޑިލީޓުކުރައްވައިފައެވެ.
އިންޑިއާ-ރާއްޖެ
ހިޔާލު

އައްލޯ

މުސްތަފާ ވީޑިއޯ ޑިލީޓެއް ނުކުރާނެ ވަރިހަމަ މިސައިލެއް ފޮނުވިޔަސް

އަޑުގަދަ

ތިޔަ މުސްތަފާއަކީ ކާންބޯން އިތުރުކަމެއްނުކޮށް ޓްވީޓް ކޮށް ފިތުނަ އުފެއްދުންނޫންކަމެއް ނުކުރާ އިންސާނެއް...