Smoking booth bahataanan mashvaraa kuree magumahchaku noon: Samaau
image
ޝަމާއު---ފޮޓޯ:ރާއްޖެ.އެމްވީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސްމޯކިން ބޫތު ބަހައްޓާނީ ވަކިސަރަހައްދެއްގައި ބަހައްޓާގޮތަށް: ސަމާއު

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް (ކޮޓަރި) ބަހައްޓާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަމާއު އެހެން ބުނެފައިވަނީ ސީއެންއެމް އިން ލިޔުނު އާޓިކަލް އަކާ ގުޅިގެންނެވެ. ސީއެންއެމްގައި ޝާއިރު ކުރި ލިޔުމުގައި ބުނެފައިވަނީ މާލެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް ގާއިމްކުރުމަށް މަޝްވަރާކޮށްފައި ވާނޭ ކަމަށް ޝަމާއު ވިދާޅުވި ވާހަކައެކެވެ.

އެކަމާ ގުޅިގެން ޝަމާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްމޯކިން ބޫތު މަގުމަތީގައި ބަހައްޓާ ވާހަކަ ނުބުނާ ކަމަށެވެ.

"މަގުތަކުގަ ބަހައްޓާ ވާހަކައެއް ނުބުނަން، މަޝްވަރާ ކުރެވިފައި އޮތީ ކޮންމެސް ސަރަހައްދެއްގައި ބަހައްޓާ ގޮތަށް" ޝަމާއު ވިދާޅުވިއެވެ.މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ލަސްވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން ލަސްވަމުންދާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެެވެ.

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެޗްޕީއޭއާއި ހަވާލުކޮށްފައިވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް ގާއިމްކުރުމަށް މަޝްވަރާކޮށްފައި ވާނޭ ކަމަށް ވެސް ޝަމާއު ވަނީ ވިދާޅުވެފައެވެ.

އެ ބޫތުތަކުގެ މަސައްކަތް ނިމުމާއެކު އެކަން ތަންފީޒު ކުރުމަށް އޭރު ރާވާފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލް ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.
ހިޔާލު