Uss fasgandu sarahahdhu aammukoh hulhuvaalaifi
image
އުސްފަސްގަނޑު ހުޅުވާލާފައި -- ފޮޓޯ: އަވަސް
0 ކޮމެންޓް
 

އުސްފަސްގަނޑު ސަރަހައްދު އާންމުކޮށް ހުޅުވާލައިފި

ދަރުބާރުގޭގެ ފުރަގަހުން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އޮންނަ އުސްފަސްގަނޑު ބަންދުކޮށްފައި އޮންނަތާ އަހަރުތަކެއް ފަހުން އަލުން އެ ސަރަހައްދު އާންމުންނަށް ހުޅުވާލައިފި އެެވެ.
އުސްފަސްގަނޑު ސަރަހައްދު ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށް އެ ސަރަހައްދު ބޭނުންވުމުންނެވެ.

އުސްފަސްގަނޑު ސަރަހައްދު ބަންދުކުރީ ބްރިޖުގެ މަސައްކަތަށް ރާއްޖެ އައި ޗައިނާގެ ސީސީސީސީ ކުންފުނީގެ މުވައްޒަފުން ތިބުމަށެވެ. ނަމަވެސް ބްރިޖުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާ ގުޅިގެން މިއަހަރުގެ ތެރޭގައި އެތަނުގައި ތިބި ސީސީސީސީ ކުންފުނީގެ މުވައްޒަފުން ވަނީ އެ ސަރަހައްދު ހުސްކޮށް ބިން ސަރުކާރާ ހަވާލުކޮށްފަ އެވެ.

އެހެންކަމުން އުސްފަސްގަނޑު ސަރަހައްދު އިއްޔެ ހަވީރުން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު ބަދަލުވުމާ ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން އުސްފަސްގަނޑު ސަރަހައްދު ބަންދުކުރަން ދެން އެ ސަރަހައްދު ބޭނުންކުރީ އެމްޑީޕީން ސިޔާސީ ތަފާތު ހަރަކާތްތައް ހިންގުމަށެވެ.

އުސްފަސްގަނޑު ސަރަހައްދު އާންމުކޮށް ހުޅުވާލި ނަމަވެސް އެ ސަރަހައްދު ތަރައްގީކުރުމާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ސިޓީ ކައުންސިލް
ހިޔާލު