India gai kuriyah dhaa alifaan nivva course ehgai raajjeyge airport thakuge firefighters baiverivejje
image
މިއަދު ފެށި އަލިފާން ނިންވާ ކޯހެއްގެ ތެރެއިން -- ފޮޓޯ: އިންޑިއާ އިން މޯލްޑިވްސް (ޓުވިޓާ އެކައުންޓު)
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޑިއާގައި ކުރިއަށްދާ އަލިފާން ނިންވާ ކޯހެއްގައި ރާއްޖޭގެ އެކި އެއާޕޯޓުތަކުގެ ފަޔާފައިޓާސް ބައިވެރިވެއްޖެ

އަލިފާން ނިންވާ ބޭސިކް ކޯހެއްގައި ރާއްޖޭގެ އެކި އެއާޕޯޓުތަކުގެ ފަޔާފައިޓާސް ބައިވެރިވެއްޖެ އެވެ.
އިންޑިއާގައި މިއަދު ފެށި މި ކޯހަކީ އެއާޕޯޓުސް އޮތޯރިޓީ އޮފް އިންޑިއާގެ ފަރާތުން ހިންގާ ކޯހެކެވެ.

ހަތަރު މަސް ދުވަހަށް ކުރިއަށްދާ މި ކޯހުގައި ކުޅުދުއްފުށީ އެއާޕޯޓާއި، މާވާރުލު އެއާޕޯޓާއި، ފުނަދޫ އެއާޕޯޓް އަދި ހަނިމާދޫ އެއާޕޯޓް ހިމެނޭ ގޮތަށް 20 ފަޔާފައިޓާސް ވަނީ ބައިވެރިވެފައި ކަމަށް ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ހަތަރު އެއާޕޯޓްގެ ތެރެއިން މާވަރުލު އެއާޕޯޓާއި ފުނަދޫ އެއާޕޯޓް އަދި ހުޅުވާ، ހިދުމަތް ދޭން ފަށާފައެއް ނުވެ އެވެ.

ފުނަދޫ އެއާޕޯޓް މިމަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާއިރު ގދ. މާވަރުލު އެއާޕޯޓް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.


މީގެއިތުރުން އަންނަ ފެބުރުއަރީ މަހު ކުރިއަށްދާ އޮފިސާ ލެވެލް ތަމްރީންތަކުގައިވެސް ރާއްޖޭގެ އެކި އެއާޕޯޓުތަކުން ފަޔާފައިޓާސް އިތުރަށް ތަމްރީން ކުރުމަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު