Hamalaaahfahu Iran hamahimeyn vehje: Trump
image
1 ކޮމެންޓް
 

ހަމަލާއަށްފަހު އީރާން ހަމަހިމޭން ވެއްޖެ: ޓްރަމްޕު

އީރާނުން ބުދަދުވަހު އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދިނުމަށްފަހު އީރާނުން ހަމަހިމޭން ވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ ބުދަ ދުވަހު ދިން ހަމަލާތަކުގައި ލިބުނީ ކުޑަކުޑަ ގެއްލުމެއް ކަމަށެވެ.

"ހަމަލާއަށްފަހު މިހާރު ފެންނަ ފެނުމަށް އީރާނު ވަނީ ހަމަހިމޭން ވެފަ،" ޓްރަމްޕު ވިދާޅުވިއެވެ.

އެމެރިކާއިން ބުނެފައިވަނީ އީރާނުން 13 ވަރަކަށް މިސައިލު އެމެރިކާގެ ކޭންޕުތަކަށް އަމާޒުކޮށް ފޮނުވައިލިކަމަށެވެ.

އޭގެން އެއް މިސަލު ވަނީ އިރާގުގެ މީހުން ދިއިރުޅޭ ސަހަރަކަށް ވެސް ވެއްޓިފައެވެ.

އެމެރިކާއާއި ދެކޮޅަށް އީރާނުން ހަމަލާދީފައިމިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ އަމުރަށް އީރާނުގެ ސިފައިންގެ ޖެނެރަލް ގާސިމް ސޮލެމާނީ މަރާލުމާއި ގުޅިގެންނެނެވެ.

ސޮލެމާނީ މަރައިލީ ބަގުދާދުގެ އެއާޕޯޓު ކައިރިން އޭނާގެ ކާރު ދުއްވާފައި ދަނިކޮށް ޑްރޯން ބޭނުންކޮށްގެން ދިން މިސައިލު ހަމަލާއެއްގައެވެ.


ހިޔާލު

އަހްމަދް

އީރާނުން ބުދަދުވަހު އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދިނުމަށްފަހު އީރާނުން ހަމަހިމޭން ވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
(ޓްރަމްޕު ބުއްނަސް މީހަމަ ތެދެއް.)
ސޮލެމާނީ މަރައިލީ ބަގުދާދުގެ އެއާޕޯޓު ކައިރިން އޭނާގެ ކާރު ދުއްވާފައި ދަނިކޮށް ޑްރޯން ބޭނުންކޮށްގެން ދިން މިސައިލު ހަމަލާއެއްގައެވެ.
(އެއްޝޮޓުންނެވެ ސަޅި)