Aaila aai dhurah dhiumuge beynumakee minivanvun: Prince Harry
image
1 ކޮމެންޓް
 

އާއިލާއާ ދުރަށް ދިއުމުގެ ބޭނުމަކީ މާލީ ގޮތުން މިނިވަންވުން: ޕްރިންސް ހެރީ

ސާއީހީ އާއިލާގެ އިސް މެންބަރެއްގެ ގޮތުން ވަކިވުމުގެ ބޭނުމަކީ މާލީގޮތުން މިނިވަން ވުންކަމަށް ޝާހީ އާއިލާއިން ދާދިފަހުން ވަކިވި ޕްރިންސް ހެރީ ހާމަކުރައްވައިފިއެވެ.
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ޝާހީއާއިލާއިން ދުރިވިއިރު، އޭނާއަކީ އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ހަ ވަނައަށް އެންމެ އިސް މެންބަރެެވެ.

ހެރީއަކީ ޕްރިންސަސް ޑަޔާނާއާއި، ޕްރިންސް ޗާލްސްގެ އެންމެ ހަގު ފިރިހެން ދަރިފުޅެވެ.

މި ދެބޭފުޅުން ޝާހީ އާއިލާއިން ވަކިވެ 'މިނިވަން ވާން' ނިމްވުމާއި ގުޅިގެން. ޝާހީ އާއިލާގެ ފަރާތުން ދެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެ ނިންމެވުމަކީ 'ހިތާމަވެރި' ނިންމުމެއްކަމަށް ބުނެފައެވެ.

"މި ނިންމުމަކީ އެތައް އަހަރު ދުވަހެއް ގެ ތަޖުރިބާއީ އަދި އެތެރޭގެ މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް،" ހެރީއާއި އަނބިކަނަބލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝާހީ އާއިލާއިން ވަކިވުމަށްފަހު ހެރީ ނިންމަވާފައިވަނީ ނޯތު އެމެރިކާއަށް ބަދަލުވެވަޑައިގަތުމަށެވެ.

އާއިލާއިން ދުރަށް ދިޔަ ނަމަވެސް، އެ ބޭފުޅުންގެ އިނގިރޭސި ވިލާތުގެ ރާނީއާށާއި، ކޮމަންވެލްތާއި ގައުމަށް ހިދުމަތްކުރުމަގައި ދެމި ހުންނާނެކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިނގިރޭސި ވިލާތް
ހިޔާލު

ޑިމޮކްރަސީ

ޤަވްމުތަގެ ރައްޔިތުންގެ ލޭއޮހޮރުވައިގެން ހޯދާ ފައިސާތަށް ބައްކުރަން އޮންނަ ބައެއްތީ ޝާހީ ޢާއިލާ ތަކަކީ މީގެ އިތުރުން ވެރިކަންކުރާ ކޮންމެ މީހަކަށް އެމީހަކު ދުނިޔޭގަ ހުރިހާދުވަހަކަށް ދަވްލަތުގެ ބަޖެޓުން ހެސްކިޔާފަ ފައިސާ އެމީހުންނެތަސް ޢާއިލާގެ ދަރިންގެ ދަރި މިރިމިރި އަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ، މީދެން ކިހާ ދެރަކަމެއް މިކަންކަން ހުއްޓުވާކަށް ނުވޭތަ އެތައްބަޔަކު ނުކައި ނުބޮއެ ބަޑަށްމަރުވަނީ މީހަމަ ދަވްލަތްތަކުން ހެސްކިޔާފަ ޚާރަދުކުރަންޖެހޭ ބައެއްތަ؟