Park kurumah ithuru 11 zone eh hadhaifin: Male City Council
image
މާލޭގައި ހަދާފައިވާ ޕާކިން ޒޯނެއް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
3 ކޮމެންޓް
 

ޕާކް ކުރުމަށް އިތުރު 11 ޒޯނެއް ހަދައިފިން: މާލެ ސިޓީ ކައުންސިލް

މާލޭގައި ޕާކް ކުރާނެ ޖާގަ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިތުރު 11 ޕާކިން ޒޯން ހަދާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ މާލޭގައި ޕާކް ކުރާނެ ތަންތަން ނުހަދާ، ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހަމުންދާ ކަމަށް ބުނެ އާންމުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރަން ފެށުމުންނެވެ.

ޕާކް ކުރާނެ ޖާގަ ނުދައްކާ ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި ޕާކް ކުރާނެ ތަންތަން ހެދުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުރެވުނު މަސައްކަތުން އިތުރު 11 ސަރަހައްދެއް ޕާކް ކުރުމަށް ހާއްސަ ކުރެވިފައިވާ ކަމަށެވެ.

ޕާކް ކުރުމަށް އިތުރު ސަރަހައްދުތަކެއް ހަދަމުންދާ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ ޕާކް ކުރުމަށް އަލަށް ހެދި ކޮންމެ ސަރަހައްދެއްގައި ވެސް 80 އާއި 400 އާ ދެމެދުގެ އުޅަނދު ޕާކް ކުރެވޭނެ ކަމަށެވެ.

މާލޭގައި ޕާކް ކުރާނެ ޖާގަ ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގިނައިން ހަދާފައިވަނީ ސައިކަލް ޕާކް ކުރާނެ ސަރަހައްދުތަކެކެވެ.

ޕާކް ކުރުމަށް އަލަށް ހެދި ސަރަހައްދުތަކުގެ ތެރޭގައި އެމްއެމްއޭ ކުރިމަތީގައި ހެދި ޒޯނާއި، ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހަދާފައިވާ ޒޯނާއި، މަޖީދިއްޔާ ސުކޫލު ކައިރީގައި ހަދާފައިވާ ޒޯނާއި، ސޯސަން މަގު އޭޑީކޭ ކައިރީގައި ހަދާފައިވާ ޒޯނާއި، ފިނޭންސް މިނިސްޓްރީ ކައިރީގައި ހަދާފައިވާ ޒޯނާއި، މެރީބްރައުންގެ ކުރިމަތީގައި މާލޭގެ ސިނާއީ ސަރަހައްދުގައި ހަދާފައިވާ ޒޯނާއި، އަމީނީ މަގުގެ އިރުމަތީކޮޅުގައި ހަދާފައިވާ ޒޯން ހިމެނެ އެވެ. މިނޫންވެސް ބައެއް ސަރަހައްދުތަކުގައި އެކި ސައިޒުތަކުގެ ޕާކިން ޒޯންތައް ވަނީ ހަދާފަ އެވެ.

ޕާކިން ޒޯނުތައް ހެދުމަށްފަހު އެ ޒޯނަކާ އެންމެ ގާތުގައި މަގުމަތީގައި ކުރިން ހަދާފައިވާ ޕާކިން ޒޯންތައް ދަނީ ނަގަމުންނެވެ.
ސިޓީ ކައުންސިލް
ހިޔާލު

ސައިކަލު ދުއްވާ މީހާ

50 ވަރަކަށް ސައިކަލު ޕަރކް ކުރެވޭ ވަރުގެ ޖާގައެއް ހަދާފަ މަގުން 2000 ފޫޓްގެ ތަނެއްގައި ސައިކަލު ޕާރކް ނުކުރެވޭގޮތް ހެދުމަކީ ޕަރްކް ކުރާނެ ޖާގަ ދެއްކުމެއްނޫން! މިސާލަކަށް އަޙުމަދިއްޔާ ކައިރީގައި ހަދާފައިވާ ޕާރކިންގ ޒޯނަށް ވިސްނާލާ!

ޓަކިބެ

އަދި ލިޔެލިނަމަ ޕާކުރައް ހެދި ޒޯނު ޖާގައައް ވުރެން އެހިސާބު ތަކުން އުނިކުރި ޒޯނުގެ ޖާގަ ބޮޑުވާހަކަ މިސާލަކައް އޭޑީކޭ ކައިރި 400 ޖާގައިގެ ޒޯނުއެއް ހަދާފައި 700 ޖާގަ ފޮހެލީ މިވެސް މޮޅު އުކުޅެއް ދެން އިސްޓިކާ ޖަހާ

އަލީ

ކިތައް ޒޯން ނައްތާލައިފިންތޯ؟