Gang akun meehakah Male magumatheegai aniyaakohffi
image
2 ކޮމެންޓް
 

ގޭންގަކުން މީހަކަށް މާލޭ މަގުމަތީގައި އަނިޔާކޮށްފި

މާލޭގެ މަގެއްގެ މަތީގައި ބޮޑު ގްރޫޕެއްވެގެން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ އެމީހާގެ ގައިގާ ކޮޅުފައިން ތަޅާ މަންޒަރާއި ސައިކަލުގައި އައި ބަޔަކު އެމީހާގެ ގައިގާ ވަރަށް ބާރަށް ސައިކަލުން ޖައްސާ މަންޒަރެވެ. އަދި ސައިކަލުން ފޭބުމަށް ފަހު އެމީހާގެ ގައިގާ އެމީހުން ވެސް ތަޅަން ފަށައި މަންޒަރު ފެނެ އެވެ.

އޭގެ ފަހުން އެހެން ބަޔަކު ވެސް އެމީހުންނާއި ގުޅި، އެމީހާއަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ. ތަޅާ އަނިޔާކުރުމަށް ފަހު އެމީހުން އެ ސަރަހައްދުންދާއިރު އެމީހާއަށް ބަޔަކު އެހީވާން މަސައްކަތް ކުރި މަންޒަރު ފެނިގެނެއް ނުދެ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެއީ އިއްޔެ ރޭ މެންދަމު 12:36 ހާއިރު ބޭންކް އޮފް ސިލޯން ކުރިމަތީގައި ހިނގި މާރާމާރީއެއް ކަމަށެވެ. ފުލުހުން ބުނީ އެހާދިސާގެ ރިޕޯޓާއެކު ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހާއަށް އަނިޔާކުރި މީހުން އެތަނުން ގޮސްފައިވާ ކަމަށެވެ.

އަދި އެމައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ ކޮން ކަމަކާއި ގުޅިގެން ހިނގި މާރާމާރީއެއްކަން ސާފެއް ނުވެ އެވެ.
މާރާމާރީ ފުލުހުން
ހިޔާލު

ޖަޒީރާ 07

އެކަމަކު ވީޑިއޯ އިން ފެނޭ ޕޮލިސް މީހާ ކައިރިކުރި އިރިވެސް އެމީހުން އެތާ ތިބިތަން. އަދި ފައިންވެސް ޖެހިތަން.

މަހުދީ

ކޮބާ ޓުވީޓް ކުރާހަމީދު، މިފަހަރު ލަދުގަތީދޯ. ގްރީންޒޯންގެ ބޯޑަރުކައިރީގައި އެދިޔާއީ ތަޅާތިރި އަރުވާލާފައި އަދި އެތަނަށް އައި ފުލުސްމީހާއަށް ކުރެވުނުކަމެއްނެތް؟ ހަމީދޫ ކޮންބައެއްތަ ތި ސާވް އެންޑް ޕޮރެޓެކްޓްތިޔަކުރަނީ؟