Pakistan miskithehgai dhin bomuge hamalaaaa gulhigen haarijee vazeeruge thauziya
image
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު:
0 ކޮމެންޓް
 

ޕާކިސްތާނުގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހާރިޖީ ވަޒީރު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ޕާކިސްތާނުގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޚާރިޖީ ވަޒީރު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާއެއްގައި ބަޔަކު މަރުވުމާއި ގުޅިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އިންނަ ގުއެތާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަން ހާމަކުރައްވައި، މިސްކިތަކަށް ދިން މި ނުރައްކާތެރި ޙަމަލާ ކުށްވެރިކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައުއާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޝާހިދު ދެއްވިއެވެ.

ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހިރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި އިތުރަށް ވިދާޅުވިއެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.
ހިޔާލު