Firimeehaa fen nuvaraa kamah bune varikohdheyn edhijje
image
2 ކޮމެންޓް
 

ފިރިމީހާ ފެންނުވަރާކަމަށް ބުނެ ވަރިކޮށްދޭން އެދިއްޖެ

އިންޑިއާގެ އަންހެނަކު އޭނާގެ ފިރިމީހާ ފެންނުވަރާ ކަމަށް ބުނެ އޭނާގެ ކައިރީން ވަރިކޮށްދޭން އެދިއްޖެ އެވެ.
ނޫސްތަކުން ބުނާ ގޮތުގައި ބިހާރަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ، މަނީޝް ރާމުގެ ގައިން ދުވަނީ ނުބައި ވަސް ކަމަށާއި 10 ވަރަކަށް ދުވަސް ވަންދެން ފެން ވެސް ނުވަރާ ހުންނަ ކަމަށް ބުނެފަ އެވެ. އަދި ބުނީ ގިނަ ދުވަސް ދުވަހު ހުންނަނީ ދަތް ވެސް ނޫންގުޅާ ކަމަށެވެ.

ސްޓޭޓް ވިމެން ކޮމިޝަނަށް އަންހެން ސޯނީ ދޭވީ ހުށަހެޅި އެ މައްސަލައާ ގުޅިގެން އެކަން ރަނގަޅު ކުރުމަށް އޭނާގެ ފިރިމީހާއަށް ދެ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެ ކޮމިޝަނުގެ މެމްބަރު ޕްރަތިމާ ސިންހާ ނޫސްތަކަށް ބުނާ ގޮތުންނަމަ މި މައްސަލަ ހުށަހާޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެގޮތުން އެމީހާ މަނީ ފިރިމީހާއާއެކު އުޅެން ބޭނުން ނުވާ ކަމަށާއި ފިރިމީހާގެ އެ އަމަލުތަކުގެ ސަބަބުން އޭނާއަށް ބޮޑު ލަދެއް ކުރިމަތިވެފައިވާ ކަަމަށް ވެސް ބުނެފަ އެވެ. އަދި އޭނާއަށް ކައިވެނި ކުރެވުމުން ދިރިއުޅުން ހަލާކުވެފައިވާ ކަަމަށް ވެސް އެމީހާ ބުނެ އެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެ ފިރިހެން މީހާ، އަންހެން މީހާ ވަރިކުރާން ބޭނުމެއް ނުވެ އެވެ. އެގޮތުން އަނބިމީހާއެކު ދިރިއުޅެން ބޭނުންވާތީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް ސާފުތާހިރު ވުމަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ.
އިންޑިއާ
ހިޔާލު

ސަކަ

ތިކަހަލަ މަދު ބަޔަކު

އުމަރުބެ

އެސޮރު ހޯދިއިރުވެސް ފެންނުވަރާ މަންޖެއެއް ހޯދި ނަމަ ނާސިރާވެސް ނިޔާވެއްޖެ ދެން މާރުކޭޓް ދޮށުގައި އުޅޭނެ އަދިވެސް