Airport in current kendijje
image
ވީއައިއޭ-- ފޮޓޯ: އަވަސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަރަންޓު ކެނޑިއްޖެ އެވެ.
އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކު ބުނީ އެއާޕޯޓުން މިއަދު ކަރަންޓު ދިޔަ ނަމަވެސް މިހާރު ކަރަންޓު އައިސްފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓު ދިޔަ ސަބަބު އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެމީހާ ބުނިގޮތުގައި އެއާޕޯޓުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް މުޅި އެއާޕޯޓުން ވަނީ ކަރަންޓު ގޮސްފައެވެ. އެފަހަރު ކަރަންޓު ގޮސްފައިވަނީ އެއާޕޯޓުން 10 މިނެޓަށް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ހިޔާލު