Gang akun meehakah aniya kuri massalaigai 2 meehaku hayyaru koffi
image
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ގޭންގަކުން މީހަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތީގައި ގޭންގަކުން މީހަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މާލޭގެ މަގެއްގެ މަތީގައި ބޮޑު ގްރޫޕެއްވެގެން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއިރު އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ އެމީހާގެ ގައިގާ ކޮޅުފައިން ތަޅާ މަންޒަރާއި ސައިކަލުގައި އައި ބަޔަކު އެމީހާގެ ގައިގާ ވަރަށް ބާރަށް ސައިކަލުން ޖައްސާ މަންޒަރެވެ.

ހަމައެހެންމެ ސައިކަލުން ފޭބުމަށް ފަހު އެމީހާގެ ގައިގާ އެމީހުން ވެސް ތަޅަން ފަށާ މަންޒަރު ފެނެ އެވެ. އޭގެ ފަހުން އެހެން ބަޔަކު ވެސް އެމީހުންނާއި ގުޅި، އެމީހާއަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ.

ފުލުހުން ބުނީ މިދޔަ ބުރާސްފަތި ދުވަހު ދަންވަރުގެ ވަގުތެއްގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި ހުރި މީހަކާއި މެދު ގްރޫޕަކުން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި އަނިޔާ ލިބިފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އެ މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނި ބުނެފައެވެ.
މާރާމާރީ ފުލުހުން
ހިޔާލު

ނަޖްވާ

ކީކޭ ދެން އަޅެ ފަހެ ބުނާނީ؟