Group maaraamaaree akaa gulhigen ithuru meehaku hayyaru koffi
image
ފޮރިން މިނިސްޓްރީ ކުރިމަތީގައި ހިންގި މާރާމާރީގެ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް
0 ކޮމެންޓް
 

ގުރޫޕް މާރާމާރީއަކާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި

ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި ހިންގި ގުރޫޕް މަރާމާރީއާ ގުޅިގެން މިއަދު އިތުރު ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ހަ މީހުން ވެސް ހައްޔަރުކުރީ މިއަދު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިމާރާމާރީއާ ގުޅިގެން މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެހެންކަމުން މިމައްސަލައިގައި މިހާރު މިވަނީ ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:30 ހާއިރު ހިންގި މާރާމާރީގެ ވީޑިއޯ މީގެކުރިން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ވީޑިއޯގައި ފެންނަނީ އުމުރުން 19 ފިރިހެން ކުއްޖަކު ހިފަހައްޓައިގެން ގިނަ އަދަދެއްގެ ޒުވާނުންތަކެއް އޭނާ ވަށާލައިގެން ތިބެ އަތާ ފައިން ތަޅާ އަނިޔާ ކުރާ މަންޒަރެވެ. އެތަނުގައި އެވަގުތު ވެސް ޔުނީފޯމް އަޅައިގެން ހުރި ފުލުހަކު ހުރި ކަން އެނގެ އެވެ. ނަމަވެސް އެ ގުރޫޕްގެ މީހުން ޒުވާނާއަށް އަނިޔާކޮށްފައި ދާން ފެށުމުން ފުލުހުންގެ މީހާ އަނިޔާވި ކުއްޖާ އަށް އެހީވުމަށް މަސައްކަތް ކުރާ މަންޒަރު ވެސް އެވީޑިއޯ އިން ފެނެ އެވެ.
މާރާމާރީ ޕޮލިސް
ހިޔާލު