Jinsee goana libey kudhinge photo aanmu nukurumah edhijje
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޖިންސީ ގޯނާ ލިބޭ ކުދިންގެ ފޮޓޯ އާންމު ނުކުރަން އެދިއްޖެ

ޖިންސީ ގޯނާ ލިބޭ ކުދިންގެ ފޮޓޯ އާންމު ނުކުރަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ވަނީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންގެ ފޮޓޯ އާއި ވީޑިއޯ އަދި ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް އާންމުންގެ ފަރާތުން އެދިފައެވެ.

އެގޮތުން މިފަދަ ކަންކަން ކުރުމުން އެ ކުދިންނަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަން ވެސް ފުލުހުން ވަނީ އެޓުވީޓުގައި ބުނެފައެވެ.


ފުލުހުން އެހެން ބުނެފައި މިވަނީ ރާއްޖޭގެ ރަށެއްގައި ދެ އަހަރު ނުވާ އަންހެން ކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އަދި ކުއްޖާގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ފުލުހުން އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ހައްޔަރުކޮށް މިހާރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާއިރު ރޭޕްގެ ޝިކާއަރަކައަށްވި އެ ތުއްތު ކުއްޖާ، މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ރޭ މާލެ ގެނެސް މިހާރު ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.
ފުލުހުން
ހިޔާލު