Kujjaa rape kuri mahsalaigai Vaahaka dhehkun gothun Mahloof maafah edhijje
image
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް-- ފޮޓޯ: ސަން
4 ކޮމެންޓް
 

ކުއްޖާ ރޭފްކުރި މައްސަލައިގައި ވާހަކަ ދެއްކުން ގޮތުން މަހްލޫފް މައާފަށް އެދިިއްޖެ

ރާއްޖޭގައި އާއިލާގެ މީހުންތަކެއްވެގެން އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ބަސްމަގު ބެހެއްޓުނު ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މައާފަށް އެދިވަޑައިގެންފި އެވެ.
މިއަދު މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ ޓްވީޓްތަކުގައި ބޭނުން ކުރެވުނު ބަސްމަގާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކަށްވެ ހުރެ އިވުނު އެ ހަބަރާ ގުޅިގެން އައި ރުޅި ކޮންޓްރޯލް ނުކުރެވުނީ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރަކަށް ވުމުގެ ކުރިން އޭނާއަކީ ވެސް އިންސާނެއްކަމަށް ވިދާޅުވި އެވެ.

އިއްޔެ މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދެ އަހަރުގެ ކުއްޖާ ރޭޕްކުރީ އިންސާނުންގެ ސިފައިގައި ތިބި "ޖަނަވާރުން"ތަކެއް ކަމަށާއި އެމީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ކުއްޖާގެ ކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް އާންމުކޮށް މަހްލޫފް ވަނީ ހަވަރަށް ދޭންވީ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތައް މަހްލޫފަށް އަމާޒުވި އެވެ.
ރޭޕު ފުލުހުން
ހިޔާލު

ހަހަހަ

އެމްއެމްޕީއާރްސީ ލާރި ކައިފަ މާފަށް ނޭދޭނަން؟

ޙަސަން މާހިރު

މަހުލޫފަކީ މިހާރު އިންސާނަކަށް ނުވަނީތޯ؟

ކޮކީ

ހަވަރަށް ދޭންވީ. އެހެން ނޫނީ ދުވަސްކޮޅަކުން މީހުން ހަނދާން ނެތުނީނަ މުޖުތަމައަށް ދޫކޮށްލާފަ އިތުރު ކުދިންނަށް އަނިޔާ ވެރިވާނެ.

ބްރޯ

ބްރޯ 6 އަހަރެއް ނޫން.... އެންމެ ދެ އަހަރުވެސް ނުވާ ތުއްތު ފުރާނައެއް.......