Fuluhun Anhenakah aniyaakuri kamuge thuhumathu thakeh!
image
އަންހެން މީހާއަށް އަނިޔާވެފައި---
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުތަކެއް!

ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން އެކުއްޖާގެ ބައްޕަ ހައްޔަރުކުރުމަށް ގޮވާލާ އެމީހާ ދިރިއުޅުން ހުޅުމާލޭ ފްލެޓް ސަރަހައްދުގައި ރޭ ގިނަ ބަޔަކު އެއްވެފައިވަނިކޮށް ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަނީ އަންހެނެއްގެ އަނގަމައްޗަށް އަނިޔާވެ ވަރަށް ބޮޑަށް ލޭ އައިސްފައި އޮތް މަންޒަރެވެ.

އަންހެން މީހާގެ ދަރިފުޅު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަ ހުރީ ގޭ ދޮރުމަތީގައި އެވަގުތު ހިނގާދިޔަ ކަންކަން ބެލުމަށް ކަމަށެވެ. އަދި އެގޮތަށް ހުއްޓާ ފުލުހުންގެ މީހަކު، ހުރިހާ އެންމެން ގެއަށް ވަނުމަށް ބުނަމުން އައި ކަމަށާއި އަދި އެވަގުތު މަންމަ ގޭގެ ދޮރު މަތީ ހުއްޓާ ފުލުސް މީހާ ބައިސްކަލުތަކެއްގެ ތެރެއަށް ކޮށްޕާލި ކަމަށް ވެސް ބުނެ އެވެ.

އޭގެ އިތުރުން އޭނާ ބުނީ މަންމައަކީ ކުށްވެރިއެއް ނޫން ކަމަށާއި ރޭޕިސްޓެެއް ވެސް ނޫން ކަމަށެވެ. އެކަމަކު ކުއްޖާ ރޭޕްކުރި މީހާ ފުލުހުންގެ ހިމާޔަތުގައި ވެސްޓާއި ހެލްމެޓާއެކު ގެންދިޔަ ކަމަށެވެ.

މިކަމާ ގުޅިގެން ސީއެންއެމުން ސުވާލުކުރުމުން ފުލުހުން ބުނީ މިއަދު ފުލުހުން ބާއްވާ ޕްރެސްގައި އެކަމުގެ ވާހަކަތައް ވެސް ދައްކާނެ ކަމަށެވެ. އެހެންވެ އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ދެ އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ އްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލަ އެކެވެ.

މިހާރު ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވެސް ހައްޔަރުކޮށް ވަނީ ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.

ރޭ އެމީހާ ހުޅުމާލޭގައި ދިރިއުޅުނު 108 ނަމްބަރު ފްލެޓް ކައިރިއަށް ގިނަ ބަޔަކު އެއްވެ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ފުލުހުން
ހިޔާލު

ދީނާ

ދާއޫދު ކިޔާ މީހަކު ބުންޏެއް ނޫން އެއީ އެހެން މަގުސަދެއްގައި ކުރި މުޒާހަރާ އެކޭ. އެކަމަކުމީނާ އަކީ އެމްޑީޕީ އާއި ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރި ސިޔާސީ މީހެއް. ބްރޯ އަތުން ލާރި ނަގާފަ ހުރުމުން އެމައްސަލަ ބަލާތީ އެކަން އޮއްބަން ވެގެން އެމްޑީޕީ އަށް ސަލޯރޓް ކުރާ ގޮތްށް މި ވާހަކަ ދެއްކީ. އެހެންޏާ އެއީ އެގޮތަށް ވާހަކަ ދައްކަން މުނާސަބު ވާހަކައެއް ވެސް ނޫން ވަކި މަގުސަދެއްގައޭ ކިޔާފައި ދައްކަން . ކޮންމަގުސަދެއް އެއީ . މީގެން އެނގެނީ މީނާ ސިޔާސީ ވެފައި ހުރިވަރު. އެހެން ނޫނަސް ތަނާ ތަކެެއްޗަށާ ފުލުހުންނަށް އަނިޔާ ލިބުން އެއީ ފުލުހުންގެވފޭލިޔާއެއް. މިއަށް ވުރެ ބޮޑު މުޒާހަރާތައް ކޮންޔްރޯލް ކޮށްފައި ހުރީ އެއްވެސް މީހަކަށް އަނިޔާ ނުލިބި. އަދި ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަނިޔާ ކުރަން ފުރުސަތު ދިނުމަކީ ވެސް ފުލުހުންގެ ނުކުޅެދުން.