2 sifain kujjaku rape kuri kamah bunaa massalaeh hushahalhaafaeh nuvey: MNDF
image
މީގެ ކުރިން ސިފައިން ބޭއްވި އިވެންޓެއްގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ސިފައިންގެ ބަޔަކު ކުއްޖަކު ރޭޕް ކުރި މައްސަލައެއް ހުށަހަޅާފައެއް ނުވޭ: އެމްއެންޑިއެފް

ސިފައިންގެ ދެ މީހަކު އުމުރުން 15 އަހަރުގެ ކުއްޖަކު ރޭޕުކުރި ކަމުގެ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކުން އެ މުއައްސަސާއާއި ހިއްސާކޮށްފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި މިވަނީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވިދާޅުވުމާ ގުޅިގެން މީޑިއާ ތަކުގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަމުގެ ވާހަކަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރާއި އަދި ފުލުހުންނާ، މި މުއައްސަސާގެ ފަރާތުން ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައެއް ނުވެ އެވެ." ބަޔާނުގައިވެ އެވެ.

މީގެއިތުރުން ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެމްއެންޑީއެފުން ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވަނީ ދީފަ އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެ މީހުން ކުޑަކުއްޖަކު ރޭޕު ކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައި އޮންނަތާ ވެސް ހައެއްކަ މަސް ވެއްޖެ ކަމަށެވެ.

އެ މައްސަލަ ކުރިއަށް ނުދާތީ އެ ކުއްޖާގެ މައިންބަފައިން ކަންބޮޑުވުން ފާޅުކުރުމުން ރޮޒައިނާ ވެސް ފުލުހަށް ގޮސް އެކަން ވީނުވީއެއް ބެލި ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ އަދިވެސް ކުރިއަށް ނުދާ ކަމަށްވެސް ވިދާޅުވި އެވެ.

"ހައެއްކަ މަސް ވަނީ އަދި ހަމަ އެއްކަލަ ދެ ސިފައިން، ސިފައިންގެ ޔުނީފޯމު އަޅައިގެން ކޮންމެ ދުވަހަކު. އެކުއްޖާ އެހުރީ ހުރި ގޮތަށް އެއީ ކާކުކަން ކިޔާ ނުދެވޭ ވަރު ކުއްޖެއް ނޫން 15 އަހަރު ކުއްޖެއް" ރޮޒައިނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.

"މިލާއިންސާނީ އަނިޔާވެރި އަމަލު ހިނގި ފަރާތްތަކަށް ހައްގު އަދަބު ލިބުމީ މި މުއައްސަސާގެެ ވެސް ނުހަނު ބޮޑު އެދުމެކެވެ." އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ހިޔާލު

ގަމާރު

ލޮލާ ލޯދިމާވެފާ