Hulhumale gai rey hingi kankamakee balaiganeveyne kameh noon: Fuluhun
image
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފުލުހުން
3 ކޮމެންޓް
 

ހުޅުމާލޭގައި ރޭ ހިންގި ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފުލުހުން

ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން ގިނަ ބަޔަކު އެއްވެ ކުއްޖާގެ ބައްޕަ ދިރިއުޅުނު ހުޅުމާލޭ 108 ނަމްބަރު ފްލެޓް ސަރަހައްދުގައި ރޭ ހިންގި އަމަލުތަކަކީ ވަރަށް ހިތާމަވެރި އަަމަލުތަކެއް ކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ކުޑަ ކުއްޖެއްގެ ހިމާޔަތުގައި ނިކުމެ އެ ހިންގި އަމަލުތަކަކީ ވަރަށް ހިތާމަވެރި އަމަލުތަކެއް ކަމަށެވެ. އެގޮތުން އެތަނުގައި ހިންގި އަމަލުތަކުގެ ސަބަބުން އެ ފްލެޓުގައި ދިރިއުޅުނު އެތައް ކުޑަކުދިންނެއް އެތެރޭގައި ތާށިވެފައި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން ދާއޫދު ފާހަގަ ކުރައްވަ އެވެ.

މީގެއިތުރުން ދާއޫދު ވަނީ އެކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ރޭ ލަސްތަކެއްވީ ވެސް އެސަރަހައްދުގައި ގިނަ ބަޔަކު އެއްވެ ނުރައްކާތެރި މާހައުލެއް އެވަގުތު އެ ސަރަހައްދުގައި އޮތުމުން ކަމަށް ވިދާޅުވެފަ އެވެ.

"ހަގީގަތަކީ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ މީހެއް ނޫން މި މައްސަލައިގަ. ކުއްޖާގެ ބައްޕަގެ އެއްބާރުލުން ތަހުގީގަށް ފުލުހުންނަށް ވަރަށް ރަނގަޅަށް ލިބެމުންދޭ. ދެން ކުއްޖާގެ ބައްޕަ ފްލެޓްގަ ހުރިއިރުގަ ފްލެޓް ދޮށަށް ކުއްލިއަަކަށް ވަރަށް ގިނަ މީހުން އެއްވި ކަމުގެ މައުލޫމާތެއް ލިބިގެން އެތަނަށް އަޅުގަނޑުމެން ދިޔައިރުގަ އަޅުގަނޑުމެންނަށް ގަބޫލުކުރެވުން އެހާލަތުގަ ކުއްޖާގެ ބައްޕަ ނެރެގެން ގެންދިއުމުން ކުއްޖާގެ ބައްޕައަށް އޭގެއިން ނުރައްކާތެރިކަމެއް އޮތްކަމަށް ގަބޫލުކުރެވޭތީ އެ ލަސްވި ލަސްވުމެއް އައީ،" ކުއްޖާގެ ބައްޕަ ހައްޔަރުކުރުން ލަސްވީ ކީއްވެތޯ ސުވާލުކުރުމުން ދާއޫދު ވިދާޅުވެ އެވެ.

ދާއޫދު ވިދާޅުވީ އެ ސަރަހައްދަށް ދިޔަ ބައެއް ފުލުހުންގެ ބޯ ފަޅައިގެންގޮސް އަދިވެސް އިތުރު އަނިޔާތަކެއް ލިބުނު ކަމަށެވެ. އެގޮތުން 17 ފުލުހަކަށް އަނިޔާވިކަން އޭނާ ފާހަގަކުރައްވަ އެވެ. އޭނާ ވިދާޅުވީ އެވަގުތު އެސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ތިބުމުން ފުލުހުންނަށްވެސް އުދަގޫ ކަންތައްތަކެއް ކުރިމަތިވި ކަމަށާއި އަދި އެތަނަށް ބައެއް މީހުން ވެއްޓުމުގެ ސަބަބުން އެތައް ބަޔަކަށް ވެސް އަނިޔާ ލިބުނު ކަމަށެވެ.

"އެހެންވެ އަޅުގަނޑު މިދެންނެވީ އިއްޔެގަ އެތާނގަ މި ހިނގާދިޔަ ތަންތަށްތަކަކީ ވަރަށް ހިތާމަވެރި ކަމެކޭ ކުއްޖެއްގެ ހައްގުގަ އަޅުގަނޑުމެން ކުރާ މަސައްކަތެއް ކުރާއިރުގަ ކުރަންވާނީ އެ ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ގޮތަށޭ. ރަނގަޅު ނަތީޖާއެއް ނެރުމުގެ ބޭނުމުގަ ގޯސްމަގަކުން ހިނގައިގެން ނުކުންނާނެ ރަނގަޅު ނަތީޖާއެއް ނޯންނާނެ،" ދާއޫދު ވިދާޅުވެ އެވެ.

އެކަން ވަރަށް ރަނގަޅަށް އިއްޔެ ފެނިގެންދިޔަކަން ފާހަގަކުރަމުން ފުލުހުން ވިދާޅުވީ އެ ހިނގާދިޔަ ކަންކަމާއި ގުޅިގެން މިހާރު ވެސް ހުޅުމާލޭގެ އެކި ފްލެޓުތަކުގައި ތިބި އެކި އާއިލާތަކުން ރައްކާތެރިކަން ބޭނުންވެގެން އެދެމުންދާ ކަމަށެވެ.

މީގެއިތުރުން ވެސް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކަކަށް ވެސް ގެއްލުންވެފައިވާ ކަމަށާއި އެކަމުގެ ޒިންމާވާނީ ކޮންބައެއްތޯ ވެސް ދާއޫދު ސުވާލު އުފައްދަވަ އެވެ.

"މި ދެންނެވިހެން ރަނގަޅު މަގުން ހިނގިނަމަ ރަނގަޅު ގޮތުގަ ދިޔަނަމަ މި ދެންނެވި ގެއްލުންތަކާއި މި ދެންނެވި އަނިޔާތައް ދެ ފަރާތަށް ވެސް ލިބިގެން ނުދާނެ،" ދާއޫދު ވިދާޅުވި އެވެ.
ރޭޕު ފުލުހުން
ހިޔާލު

އަލީމް

ރޭގަ އެވަރު ނޭރުވިނަމަ އެކަމެއް ނުވާނެ.

ސަރުކާނު

ކަޑަވާހަކަ ނުދައްކާ.

ކައްދެ

ތިހަމަނުޖެހުން ހިންގާފައިވާނީވެސް ވައްކަންކުރާމީހުންނާއި މީހުންމަރާފައި ތިބޭމީހުންނާއި ޑްރަގާއި ބަގުރަލާއި މިތަކެތިބޮއި ވިއްކާމީހުނާއި ދީނަ ފުރައްސާކޮށްފައި ތިބޭމީހުނާއި ބޮޑެތި ކުށުގެ ރެކޯޑްއޮންނަމީހުންނެވެ