Thuhthu kuhjaa rape kuri mudhimu suspend kohfi
image
2 ކޮމެންޓް
 

ތުއްތު ކުއްޖާ ރޭޕް ކުރި މުދިމު ސަސްޕެންޑު ކޮށްފި

ކުޑަކުއްޖާ ރޭޕް ކުރި މުދިމު ސަސްޕެންޑު ކޮށްފިއެވެ.
ދެ އަހަރު ނުވާ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފަ ކަމަށާއި މުނި ކާފަ ހައްޔަރުކޮށްފައި ވަނީ އޭނާއަކީ ޖިންސީ ފުރައްސާރަ ކުރުމުގެ ރިކޯޑު އޮތް މީހެއްކަމުން ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ދެ އަހަރުގެ ކުއްޖާގެ ކާފައަކީ ކަނޑުހުޅުދޫ މިސްކިތުގެ އިމާމުކަން ކުރަމުން އައި އިބްރާހިމް ދީދީ، 62 އެވެ.

މި ދެ އިދާރާ ގުޅިގެން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއް އަހަރު ނުވާ އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ 16:30 ގައި ކަމަށެވެ.

ފުލުހުން ބުނީ އެ އިދާރާއަށް ހުށަހަޅާފައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަ އެވެ. އަދި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން ކުއްޖާގެ ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ އްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ޙަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލަ އެކެވެ. ފުލުހުން ބުނި ގޮތުގައި ކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ބައެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނި ކާފަ ރަށުން ހައްޔަރުކޮށްފަ އެވެ. އަދި އުމުރުން 33 އަހަރުގެ ބައްޕަ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދިޔަ ފްލެޓު ދޮށުގައި ގިނަ ބަޔަކު އެއްވެ އަޑުގަދަ ކުރަމުންދަނިކޮށެވެ. މިހާރު ތިން މީހުން ވެސް ތިބީ ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.

މި މައްސަލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
ކުޑަކުދިން ފުލުހުން
ހިޔާލު

މާހު/އައްސޭރި

ނ.އަތޮޅު ރަށެއްގައިވެސް އެންމެފަހުން މުދިންކަމުން ވަކިވި މީހާ ވަނީ ވައިބާއިން އަންހެނެއް ކަމަަށްހީކޮށް، ފިރިހެނަކާ ވާހަކަ ދައްކާ ރޮމޭންސްކުރަން އެދިފަ. މީނާގެ އެންމެ ފާހަގަކޮށްލެވޭ ހުނަރަކީވެސް ތިލަކޮން އިޝްގީޅެން ހެދުން. މި މުދިމުވެސް އިންޓަނެޓުން ބޭހެއް ހޯދަން އުޅެނިކޮށް، ޒާތެއްގެ ވީޑިއޯތަކެއް އެފްބީގަ ޝެއާކުރެވިގެން، އެންމެފަހުން އެހެންމީހުންނަށް އެކަން ފާހަގަކުރެވިގެން މުދިމު ލައްވާ އެއެއްޗެހި ނެގުވީ. އެއުމުރުގެ މުދިމަކު މިހޯދަނީ އަނެއްކާ ކޮންކަހަލަ ބޭހެއްބާ؟؟؟

ޗޮސް

ސަސްޕެންޑު ދޯ ނުކުރެވިގެން މިއުޅެނީ