Fuluhaku anhenakah aniyaakuri massala balanee
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ފުލުހަކު އަންހެނަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން އެކުއްޖާގެ ބައްޕަ ހައްޔަރުކުރުމަށް ގޮވާލާ އެމީހާ ދިރިއުޅުން ހުޅުމާލޭ ފްލެޓް ސަރަހައްދުގައި ގިނަ ބަޔަކު އެއްވެފައިވަނިކޮށް ފުލުހަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަނީ އަންހެނެއްގެ އަނގަމައްޗަށް އަނިޔާވެ ވަރަށް ބޮޑަށް ލޭ އައިސްފައި އޮތް މަންޒަރެވެ.

އަންހެން މީހާގެ ދަރިފުޅު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަ ހުރީ ގޭ ދޮރުމަތީގައި އެވަގުތު ހިނގާދިޔަ ކަންކަން ބެލުމަށް ކަމަށެވެ. އަދި އެގޮތަށް ހުއްޓާ ފުލުހުންގެ މީހަކު، ހުރިހާ އެންމެން ގެއަށް ވަނުމަށް ބުނަމުން އައި ކަމަށާއި އަދި އެވަގުތު މަންމަ ގޭގެ ދޮރު މަތީ ހުއްޓާ ފުލުސް މީހާ ބައިސްކަލުތަކެއްގެ ތެރެއަށް ކޮށްޕާލި ކަމަށް ވެސް ބުނެ އެވެ.

އެމައްސަލައިގައި ސީޕީ ހަމީދް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، އަނިޔާލިބުނު އަންހެން މީހާގެ އާއިލާގެ ބައެއް ފަރާތްތަކާއި ވާހަކަ ދައްކާފައިވާކަމަށެވެ. އަދި އެ އަންހެން މީހާއާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސުން ބައްދަލުކޮށްފައިވާކަމަށެވެ.

އަދި އެ މައްސަލަ ބަލަމުން އަންނަކަމަށް ސީޕީ ހަމީދްގެ ކުރެއްވި ޓްވީޓްގައި ވެއެވެ.

ދެ އަހަރު ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ ކުއްޖާގެ މަންމަ ފަރާތުގެ ޢާއިލާއިން ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލަ އެކެވެ.

މިހާރު ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވެސް ހައްޔަރުކޮށް ވަނީ ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.
ފުލުހުން
ހިޔާލު