Gehlunu Zuvaanaa fenijje
image
ގެއްލިގެން ހޯދި ޒުވާނާ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގެއްލުނު ޒުވާނާ ފެނިއްޖެ

ގދ. ހޯޑެއްދޫން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ އެވެ.
އެރަށު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު އަޝްރަފް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ޒުވާނާ ފެނިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެގޮތުން ވިދާޅުވީ ޒުވާނާ ހުރީ އެއަތޮޅު ތިނަދޫގައި ކަމަށާއި ރޭގެ ވަގުތެއްގައި އޭނާ ރަށަށް އައިސްފައިވާ ކަމަށެވެ. އަދި ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި ޒުވާނާ ގެއްލިގެން އޭނާގެ މަންމަ ވަނީ ފުލުހަށް ރިޕޯޓްކޮށްދިނުމަށް ކައުންސިލުގައި އެދިފަ އެވެ. އަދި އެއާއެކު ރަށު ކައުންސިލާއި ފުލުހުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރި އެވެ.

ޒުވާނާ ގެއްލިގެން އޭނާ ހޯދައިދިނުމަށް އެދި ހުށަހެޅީ ހުކުރު ދުވަހުގެ ހަވީރުއްސުރެ އޭނާގެ ހަބަރެއް ނުވެގެންނެވެ.

އެނގިފައިވާ ގޮތުގައި ޒުވާނާ ގެއިން ނިކުމެގެން ދިޔައީ އާއިލާގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.
ހިޔާލު