5 aharuge kujjakah jinsee gonaa kuri meehaage bandhah 15 dhuvas
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 15 ދުވަސް

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް، ޖިންސީ ގޯނާކުރި 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމުގައެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:04 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، ފުލުހުން ވަނީ އުމުރުން 2 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އޭނާގެ ބައްޕައާއި، ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައެވެ.

އަދި އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުން
ހިޔާލު

ލލ

ފާފަތަ ކަށް އަރައިގަނެ ކުއް ކުރާ މީހުން ﷲ ތައުބާވެ ތަޤުވާވެރިވާން އެބަޖެހޭ، ކައިވެނި ޝަރުއު ކުރެއްވީ މަތިވެރި މަޤުސަދުގައި ކަން ހަދުމަ ކުރަންޖެހޭ !