Thuthu kujjaa havaalu kuree Mamma faraathu maama aa: Gender
image
ކަނޑުހުޅޫދޫ -- ފޮޓޯ: ސަން
0 ކޮމެންޓް
 

ތުއްތު ކުއްޖާ ހަވާލުކުރީ މަންމަ ފަރާތު މާމައަށް: ޖެންޑާ

ރޭޕްގެ ޝިކާރަ އަކަށްވި އުމުރުން އެއް އަހަރާއި ނުވަ މަހުގެ ކުއްޖާ ހަވާލުކުރީ އެކުއްޖާގެ މަންމަ ފަރާތު މާމައާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރާ މުދިމުގެ އަންހެނުން ނުވަތަ ކުއްޖާގެ މާމަ، ފިޔަވަތީގައި އަދާކުރަމުން އައި ވަޒީފާއިން ސަސްޕެންޑްކޮށްފައިވާއިރު އެކަމާއި ގުޅިގެން ސީއެންއެމުން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖާ ހަވާލުކޮށްފައިވަނީ މަންމަ ފަރާތު މާމައާއި ކަމަށާއި އޭނާއަކީ ޖެންޑާ މިނިސްޓްރީގެ އެއްވެސް ވަޒީފާއެއް އަދާކުރަމުން އަންނަ މީހެއް ނޫން ކަަމަށެވެ.

ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުއްޖާގެ މާމަ ކަމަށެވެ.

ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ކުއްޖާގެ ކާފަ އާއި މުނި ކާފަ އަދި ބައްޕަ ވެސް ހައްޔަރުކޮށް މިހާރު ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. މި މީހުންގެ ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް ވެސް ކޯޓުން ޖަހައިދީފަ އެވެ.

ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮތް މީހެއް ކަމަށް އެ ބަޔާނުގައި ބުނެ އެވެ. އަދި ބައްޕަގެ މައްޗަށް ކުރާ ތުހުމަތަކީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިން ކަމަށް ބުނާ މައްސަލަ އެކެވެ. ފުލުހުން ބުނި ގޮތުގައި ކުއްޖާގެ މައިންބަފައިންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ބައެކެވެ.
ހިޔާލު