Diving ah feybi fathuruveriaku maruvejje
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޑައިވިން އަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ

އއ. މާޅޮސް ކައިރިއަށް ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ، މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިންއަށް ދިޔަ 71 އަހަރުގެ ޖަރުމަނު އަންހެނަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:45 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އަދި އެމީހާ މޯޅޮސް ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ފުލުހުން
ހިޔާލު